"އިންޑިއާ އައުޓް" ފިކުރަކީ، މާ ސީރިއަސް ކަމެއްގެ ގޮތުގައި އިންޑިއާއިން ނުދެކޭ :ސަފީރު
ރާއްޖެއިން އިވެމުންދާ "އިންޑިއާ އައުޓް" ފިކުރަކީ މާ ސީރިއަސް ކަމެއްގެ ގޮތުގައި އިންޑިއާއިން ނުދެކޭ ކަމަށް އެޤައުމުން ރާއްޖެއަަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެއްޖެއެވެ.
"ދަ ޕްރެސް" އަށް ދީފައިވާ އިންޓަވިއު އެއްގައި ސުދީރު ވިދާޅުވެފައި ވަނީ "އިންޑިއާ އައުޓް" ހޭޝްޓެގް ސޯޝަލް މީޑިއާގެ އެކި ދިމަދިމާލުން ފެންނަމުންދާ ކަމަށާއި ޒިންމާދާރުކަމާއެކު ހިންގާ އާންމު މީޑިއާއަކުން ދުވަހަކުވެސް އެއަޑެއް ނުއިވޭ ކަމަށެވެެ.
"އެކަމަކު ސާފުކޮށްލަދޭން ބޭނުން، އިންޑިއާއައުޓް އޭ މިކިޔާ ކިއުމަކީ، އެއްވެސް ހާލެއްގައި އިދިކޮޅު ފަރާތްތަކުގެ ފިކުރު ކަމަށް އިންޑިއާއިން ގަބޫލު ނުކުރާކަން" ސުދީރު ވިދާޅުވެފައި ވެއެވެ.
ސުދީރު ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތަކާ މެދުވެސް އިންޑިއާއިން ދެކެނީ ގަދަރުވެރި ނަޒަރަކުން ކަމަށެވެ.
މީގެއިތުރުން ސުދީރު ވިދާޅުވެފައި ވަނީ ރައްޔިތުން އިންތިހާބު ކޮށްފައިވާ މަޖިލިސް ކުރާ ގޭގެ މެމްބަރުންނަކީ ވެސް އިންޑިއާއާ ގާތް ގުޅުންތަކެއް ދަމަހައްޓަމުން ގެންދަވާ ބައެއް ކަމަށެވެ. ނަމަވެސް އެމެންބަރުންގެ ފަރާތުން ވެސް "އިންޑިއާ އައުޓް" ފިކުރު އިވިވަޑައިގެންފައި ނުވާކަމަށް ސުދީރު ވިދާޅުވެފައި ވެއެވެ.
"ސޯޝަލް މީޑިއާއާއި އެނޫން ވެސް އެފަދަ ޕްލެޓްފޯމުތަކުގައި 'އިންޑިއާ އައުޓް' ފަލްސަފާގެ އަޑު ފަތުރަނީ، ސައްހަ މައުލޫމާތުން އެއްކިބާ ވެފައިވާ މީހުން. އެމީހުންނަކީ އެކަށީގެންވާ ސައްހަ މައުލޫމާތު ނެތް މީހުންނަށް ވެދާނެ، ހަމަ މިފަދައިން، އެ މީހުންނަކީ 'ވާހަކަ ކައްކަން' އުޅޭ ބަޔަކަށް ވެދާނެ" ސުދީރު ވިދާޅުވިއެވެ.
ތީ ޝައްކެއްވެސް އޮތް ކަމެއް ނޫން. އިންޑިއާ އައުޓް މިކިޔަނީ އަހަރެމެންގެ ދިވެހި ދަރިން އެކަމާ ވިސްނާ ފިކުރުކުރުމަށް އަދި ޢމަލުކުރުމަށް
އިންޑިއާ އިން ނުދެކުނަސް ތިއަ ވެރިން އަށް ދޮންނަ ފެންބޮއިގެން އުޅޭ ބޮޑުން ލޮލުފިޔަ ނުޖެހޭ ކަމައްވަނީ