ޖުމްހޫރީ ދުވަހަށް މާލެތެރެ ސާފުކުރަނީ

ޖުމްހޫރީ ދުވަހަށް މާލޭގެ މަގުމަތި ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތުގައި ކައުންސިލުގެ އަދި ވެމްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެއެވެ.
އެގޮތުން ވެމްކޯގެ 40 މުވައްޒަފުންނާއި ސިޓީކައުންސިލްގެ މުވައްޒަފުން ހިމެނޭގޮތަށް 7 ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިޕްރޮގްރާމްގެ އަމާޒަކީ ހަފްތާއެއްގެ ތެރޭގައި މުޅި މާލެ އެއްކޮށް ސާފު ކުރުންކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
ސިޓީ ކައުންސިލުން އިތުރަށް ވިދާޅުވީ މިއީ މާލޭގެ މަގުމައްޗަށް އަޅާފައިވާ ކުނިތައް ނަގައި ސާފުކުރުމުގެ ގޮތުން ގެންދާ ހަރަކާތެއް ކަމަށެވެ.
އަދި މާލޭގެ އިތުރުން ވިލިމާލެ އާއި ހުޅުމާލޭގައި ވެސް މި ހަރަކާތް ކުރިއަށް ދެވޭނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.