ލައިފްސްޓައިލް

އިންޑިއާގެ މިމީހާއަށް އިންނާނެ މީހަކު ނުވި ، ވަޒީފާއެއް ނުލިބުނު ، ސަބަބަކީ އިސްކޮޅުން ދިގުވުން

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އިންޑިއާ: އުއްތަރަ ޕްރަދޭޝްގެ ރައްޔިތެއް ކަމަށްވާ 45 އަހަރުގެ ދަރުމެންދުރަ ޕްރަތާބު ސިންގް ކިޔާ ، އިސްކޮޅުން ދިގު މީހަކަށް ދިރިއުޅުމުގައި ދަތިވެފައިވާ ކަންކަމުގެ ލިސްޓް ދިގުވަމުންދާ ކަމަށް ބޭރުގެ ރިޕޯޓްތަކުން ބުނެފިއެވެ.

Ads by Sosun Fihaara

އިސްކޮޅުގައި އަށްފޫޓް ދެ އިންޗި ހުންނަ ދަރުމެންދުރާއާ ހަވާލާދީ ބޭރުގެ މީޑިއާތައް ބުނެފައިވާ ގޮތުގައި އޭނާއަށް މިހާތަނަށް އިންނާނެ މީހަކު ވެސް ލިބިފައި ނުވަނީ އިސްކޮޅުން މާ ދިގުވުމުން ކަމަށެވެ. އަދި އޮފީސް އިމާރާތްތަކަށް ވަދެ އުޅުމުގައި އުނދަގޫ ވާތީ އޭނާއަށް ވަޒީފާއެއް ލިބުން ވެސް ވަނީ ނާދިރު ކަމަކަށް ވެފައެވެ.

"ތިމާގެ މީހުން ވެސް ބަލައިފި ، ކައިވެނި ކުރާނެ މީހަކު ވޭތޯ ، އުމުރު ފަހަނަ އަޅަމުން ދާވަރަކަށް ދިރިއުޅުމުގެ ބައިވެރިއަކު ހުރުމުގެ މުހިންމުކަން ވެސް އިހްސާސްވޭ ، އެކަމަކު މީހަކާ އިނދެ ، ޢާއިލާއެއް ބިނާ ކުރުމުގެ އުއްމީދު ، މިހާރު ގެއްލިއްޖެ" ދަރުމެންދުރަ ބުނި ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.

މީގެ އިތުރުން އޭނާގެ ހާލަތާ ގުޅޭ ވަޒީފާއެއް ހޯދައިދިނުމަށް މިހާރު ޗީފް މިނިސްޓަރގެ އަރިހުން އެދިފައިވާ ކަމަށް ވެސް މާސްޓާސް ޑިގްރީއެއް އޮންނަ ދަރުމެންދުރާ ބުނެފައިވެއެވެ.  އޭނާ މިހާތަނަށް ދިރިއުޅެމުން އައީ މުމްބާއީ އަދި ދިއްލީ ފަދަ ތަންތަނަށް ދަތުރުކޮށް އެތަނުން އާންމުން އޭނާއާއެކު ފޮޓޯ ނެގުމަށްފަހު ދޭ ފައިސާއިންނެވެ. ނަމަވެސް ކޮވިޑް19ގެ ސަބަބުން މިހާރު އެއްވެސް ތަނަކަށް އޭނާ ދަތުރު ނުކުރާ ކަމަށް ވެސް ރިޕޯޓްތައް ބުނެފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!