އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުން މާދަމާއަށް އެޖެންޑާ ކޮށްފި
 
                                                    2021 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން މާދަމާއަށް އެޖެންޑާ ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އަންނަ އަހަރުގެ ބަޖެޓުގެ އިތުރު ތަފްސީލު އެނގިފައި ނުވި ނަމަވެސް، މަޖިލީހަށް ފޮނުވާފައި ވަނީ 35 ބިލިއަން ރުފިޔާގެ ބަޖެޓެއްކަން އެނގިފައި ވެއެވެ.
ގާނޫނުއަސާސީގައި އޮންނަނީ ކޮންމެ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނެ ކަމަށް ލަފާ ކުރެވޭ ހަރަދާއި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް ސަރުކާރުން ހުށަހަޅަންވާނެ ކަމަށެވެ.
މިއަހަރުގެ ބަޖެޓުގެ ގޮތުގައި 37.8 ބިލިއަން ރުފިޔާ މަޖިލީހުން ފާސްކޮށްފައި ވާއިރު، އެއީ ރާއްޖޭގެ ތާރީހުގައި މަޖިލީހުން ފާސްކުރި އެންމެ ބޮޑު ބަޖެޓެވެ.
 
Ads by Ooredoo
 
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
