ޚަބަރު

އަންނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓާއެކު ތަކެތީގެ އަގު އުފުލި ޑޮލަރުގެ އަގު ބޮޑުވުމުގެ ފުރުޞަތު އެބަ އޮތް: ސަލީމް

ރައުފާ ރަޝީދު ، ދެން އޮންލައިން

އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓާއެކު ތަކެއްޗާއި ަޚިދުމަތުގެ އަގު އުފުލި ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވުމުގެ ފުރުޞަތު ވަރަށް ބޮޑުކަމުގައި ރައްޔިތުން މަޖިލިހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާ ރައްޔިތުން މަޖިލިސް މެންބަރު އަޙްމަދު ސަލީމް (ރެޑްވޭވް) ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސަލީމް މިހެން ވިދާޅުވެފައިވަނީ މިއަދު ޕީޕީއެމް އޮފީހުގައި އޮތް ނޫސްވެރިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

2021 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ ޓެކްސްތައް އިތުރުކުރާ ބަޖެޓެއް ކަމަށާއި މާލޭގައި ތޮއްޖެހުން ކުޑަކުރުމަށް ކަމުގައި ބުނެ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އަތުން ޓެކުހެއް ނަގަން ނިންމާފައިވާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ކުރާ މަސައްކަތުން ރަނގަޅު މުސާރައެއް ނުލިބޭއިރު އާމްދަނީ އިތުރުނުވެ، ތަކެތީގެ އަގު އެތައް ގުނައަކަށް ބޮޑުވުމުން މީހުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާނެ ކަމުގައި ސަލީމް ވިދާޅުވިއެވެ.

ސަލީމް އިތުރަށް ވިދާޅުވީ ބަޖެޓު ހުށަހެޅިއިރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 17 ބިލިއަން ރުފިޔާ ކަމަށާއި އެހެން ނަމަވެސް އޭގެ ފަހުން 22 ބިލިޔަނަށް ބަދަލުވެގެން ދިޔުމަކީ ހިޔާލީ ހިސާބެއް ކަމަށެވެ.

"ތަކެތީގެ އަގު އިންތިހާއަށް އުފުލިގެން ދިއުމުގެ ފުރުޞަތު ވަރަށް ބޮޑު. އެއީ މި ބަޖެޓުގައި ޖަހާފައިވާ އާމްދަނީއަކީ ޚިޔާލީ އާމްދަނީއެއް." ސަލީމް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހެޅީ 34.79 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 17.79 ބިލިއަން ރުފިޔާ އެވެ. މިއީ 15.50 ބިލިއަން ރުފިޔާގެ ޑެފިސިޓް ނުވަތަ ދަރަނި ބަޖެޓެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!