ޚަބަރު

އަންނަ އަހަރަށް ލަފާކޮށް 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ސަރުކާރުން މަޖިލީހަށް ހުށަހަޅައިފިއެވެ.

Ads by Sosun Fihaara

2021 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 34,787,720,151(ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ) އެވެ.

މަޖިލީހަށް ހުށަހެޅުއްވި ބަޖެޓުގައިވާ ގޮތުގައި ދަރަނި ދެއްކުމާ ބޭރުގެ މާލީ އިދާރާތަކަށް ދައްކާ ރައުސްމާލާ އެކު ބަޖެޓުގެ ޖުމްލަ އަކީ 34.79 ބިލިއަން ރުފިޔާއެވެ.  އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 17.79 ބިލިއަން ރުފިޔާ އެވެ. އެއާއެކު މިއީ 15.50 ބިލިއަން ރުފިޔާގެ ޑެފިސިޓް ނުވަތަ ދަރަނި ބަޖެޓެކެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތައެވެ.

މިނިސްޓަރު ވިދާޅުވީ ބަޖެޓުގެ ޑެފިސިޓް ބޮޑުވީ އާމްދަނީ ލިބޭ މިންވަރު ދަށްވުމުން ކަމުގައެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު މަޖިލީހަށް ހުށަހަޅުއްވަމުން ވިދާޅުވީ މިއީ މާލީ ހާލަތު ތަންދިން އެންމެ ބޮޑަކަށް އިގްތިސާދީ ހަރަކާތް ސްޓިމިއުލޭޓްކޮށް، އިތުރު މަޝްރޫއުތައް ފަށައި، އިގްތިސޯދު ސިންދަފާތުކޮށް، ވިލުންވެރިކަން އިތުރުކޮށް ސަރަހައްދީ ތަރައްގީއަށް އިންވެސްޓު ކުރަންވީ ވަގުތުކަމަށެވެ.

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!