ޚަބަރު

ވެރިކަމުގެ ޖުމްހޫރިއްޔާތުގެ ސިފަ ގެއްލުވާލައިފި- ޝިޔާމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައި ޖުމްހޫރިއްޔާތުގެ ސިފަ ގެއްލުވާލައްވައިފި ކަމަށް ނައިފަރު ދާއިރާގެ އިދިކޮޅު މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

ޝިޔާމް މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ޔާމިންގެ ސަރުކާރުގައި އަމާޒު ހިއްޕެވީ ސަރަހައްދުގެ އެންމެ ފުދުންތެރި ޤައުމަކަށް ރާއްޖެ ހެދުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އަދި ރައީސް ޔާމިންގެ ވެރިކަމުގައި އިސްލާމީ ރިވެތި އުސޫލުތައް ހިފެހެއްޓެވި ކަމަށާއި، ކުރެއްވީ ޤައުމު އާރާސްތުކަމަށް ވެސް އެ ޓްވީޓުގައި ވެއެވެ. މީގެ އިތުރުން ޤައުމުގެ މިނިވަންކަމާއި އިސްތިގްލާލް ރައީސް ޔާމިން ދަމަހައްޓާފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

އެހެންނަމަވެސް ޝިޔާމް ވިދާޅުވީ މި ހިނގާ ވެރިކަމުގައި ޤައުމާއި ރައްޔިތުން ނިކަމެތިކޮށް، ވެރިކަމުގެ ޖުމްހޫރިއްޔާތުގެ ސިފަ ގެއްލުވާލާފައި ވާ ކަމަށެވެ.

" ރައީސް ޔާމިން ކުރެއްވީ ޤައުމު އާރާސްތު. އަމާޒް ހިއްޕެވީ ސަރަހައްދުގެ އެންމެ ފުދުންތެރި ޤައުމަކަށް ރާއްޖެ ހައްދަވަން. ހިފެހެއްޓެވީ އިސްލާމީ ރިވެތި އުސޫލުތައް. ޔަގީން ކުރެއްވީ ޤައުމުގެ މިނިވަންކަމާއި އިސްތިގުލާލު. ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ކުރެއްވީ ޤައުމާއި ރައްޔިތުން ނިކަމެތި. ގެއްލުވާލީ ވެރިކަމުން ޖުމްހޫރިއްޔާތުގެ ސިފަ." ޝިޔާމް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!