ޚަބަރު

މިހާރުގެ ބަޖެޓުން ކޮމިޝަނުގެ ގާނޫނީ ޒިންމާތައް އަދާކުރަން ދަތިވާނެ: އެޗްއާރުސީއެމް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ފޮޓޯ: ދަ އެޑިޝަން

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އަށް ހަމަޖައްސާފައިވާ ބަޖެޓަކީ އެކަށީގެންވާ ވަރުގެ ބަޖެޓެއް ނޫން ކަމަށާއި އެ ކޮމިޝަނުގެ ގާނޫނީ ޒިންމާތައް އަދާ ކުރުމުގައި ދަތިތައް ދިމާވާނެ ކަމެއް ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.

Ads by Hajj Corporation

މިއަހަރު 21 މިލިއަން ގެ ބަޖެޓެއް އެޗްއާރުސީއެމް އަށް ހަމަޖެހިފައިވާއިރު، މިއަންނަ އަހަރުގެ ބަޖެޓަށް އެކޮމިޝަނުން ބަޖެޓެއްގެ ގޮތުގައި އެދިފައި ވަނީ 30.3 މިލިއަން ރުފިޔާއެވެ. އެހެން ނަމަވެސް ފިނޭންސްއިން އަންނަ އަހަރަށް އެޗްއާރުސީއެމް އަށް ކަނޑައަޅާފައި ވަނީ 24 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ރައްޔިތުންގެ މަޖިލީހުގައި ބަޖެޓް ދިރާސާކުރަން އެކުލަވާލާފައިވާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެޗްއާރުސީއެމްގެ މެންބަރު މުއުމިނާ ވަހީދު ވިދާޅުވީ އެ ކޮމިޝަންގެ މުވައްޒަފުންގެ މުސާރައާއި، އިދާރީ ކަންކަމަށް ޚަރަދު ކުރުމަށް ފަހު ބާކީ އޮންނަނީ އެންމެ 5 މިލިއަން ކަމަށެވެ.

ޖަލުތަކުގެ މޮނިޓަރިންއާއި އަތޮޅުތެރެއަށް މުޅި އަހަރު ދުވަހު ކުރާ ދަތުރުތަކަށް ދާނެ ހަރަދު އެ މިންވަރުން ދެކޮޅު ޖެއްސުމަކީ ދަތިވާނެ ކަމަށާއި، ގާނޫނުގައި ކޮމިޝަންގައި އެކުލަވާލަން އޮންނަ ވިސްލް ބްލޯ ޔުނިޓް ގާއިމް ކުރަން ބޭނުންވާ މުވައްޒަފުން އައްޔަން ކުރަން ވެސް ދަތިވާނެ ކަމަށް މުއުމިނާ ވަނީ ވިދާޅުވެފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!