ޚަބަރު

އައިންތުގެ ކާރުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މާލޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޓެކްސީ ޑްރައިވަރު އައިމިނަތު ވަހީދާ (އައިންތު) ޓެކްސީ ކުރަން ގެންގުޅޭ ކާރަށް ގެއްލުން ދިން މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިމައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ވަނީ، ނޮވެންބަރ 5 ވަނަ ދުވަހުއެވެ. އަދި މިމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުރަތަމަ ފަހަރަށް ކޯޓަށް ހާޒިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއަރސް އިން ކަނޑައަޅާ ތަނެއްގައި ބެހެއްޓުމަށް 5 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި ނޮވެންބަރު 12 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ވެސް 5 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި ނޮވެންބަރު 13 ވަަނަ ދުވަހުގެ ރޭ ކޯޓް އަމުރެއްގެ ދަށުން 28 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ މައްޗަށް ވެސް 5 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

އައިންތުގެ ޓެކްސީއަށް އެކި ފަހަރު މަތިން މީގެ ކުރިން ވެސް ބަޔަކު ވަނީ ގެއްލުން ދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!