ލައިފްސްޓައިލް

ހިޔަލުގައި ގަސް ހައްދާނެ ގޮތް މިއޮތީ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ގަހެއް ހެދި ބޮޑުވުމަށްޓަކައި އިރުގެ އަލި ނުވަތަ އަތްވަކީ ވަރަށް މުހިންމު ރޯލެއް އަދާކުރާ އެއްޗެކެވެ. އެހެން ނަމަވެސް މާލޭގައި އެފަދަ ބޮޑު ޖާގައެއް ހޯދައިގެން އަވި ލިބޭގޮތަށް ބަގީޗާ ހެއްދުމަކީ ކުޅަދާނަ ކަމެއް ނޫނެވެ.

Ads by Sosun Fihaara

އެހެންނަމަވެސް މިއޮތީ އެފަދަ ހާލަތް ތަކުގައި ކުރެވިދާނެ ކަމެކެވެ. ގަސް ވީހާ ވެސް އަލި ގަދަ ފާރެއްގެ ދޮށުގައި ބަހައްޓައިގެން ވެސް ގަހަށް ބޭނުންވާ ވަރަށް ހަކަތަ ލިބޭކަން އެނގޭ ހެއްޔެވެ؟ ހުދުކުލަ ނުވަތަ މިނޫންވެސް އެފަދަ އަލި ގަދަ ކުލައެއް ޖައްސާފައިވާ ފާރެއް ދޮށުގައި ހައްދަން ބޭނުންވާ ގަސް ބެހެއްޓުމަށް ފަހު ގަސް ހެއްދިދާނެއެވެ. މިއީ އެއްގޮތެވެ.

ދެން އޮތް ގޮތަކީ ވީހާވެސް ޖާގަ ބޮޑު ޓައްޕެއްގައި ގަސް ހެއްދުމެވެ. އަދި އެގޮތަށް ގަސް ހައްދާއިރު، ގަސް އިންދުމަށްޓަކައި ތައްޔާރު ކުރެވިފައިވާ ފަސްގަނޑު ވާންވާނީ މަޑު އަދި ޗަކަ ފަސް ގަނޑަކަށެވެ. ފަސްގަނޑު ޗަކަކޮށް ބެހެއްޓުމުގެ ބޭނުމަކީ އޭގެ ސަބަބުން ގަހަށް ލިބެން ޖެހޭ ހަކަތަ ލިއްބައިދިނުމެވެ. މިހެން މިކަންކަން ކޮށްލައިފި ނަމަ ތިމާ ނިދާ ކޮޓަރި ތެރޭގައި ވެސް ގަސް ހެއްދިދާނެއެވެ.

އެހެން ނަމަވެސް ބައެއް ގަސްގަހަކި އޭގެ ޒާތުން އިރުގެ އަލިކަން ނޫނީ އަވި ނުލިބޭކަމުގައި ވަނީނަމަ ހެދި ބޮޑުވުމުގެ ފުރުސަތު ކުޑަ ގަހެވެ. އެހެންކަމުން ގަސް ހެއްދުމަށް ވިސްނާނަމަ ވީހާ ވެސް ބޮޑަށް އަތްވަށް ބަރޯސާ ނުވާފަދަ ގަހެއް ހޯދުމަށް މަސައްކަތް ކުރާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!