އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގެ ބަހުސް މި ހަފްތާގެ ބުދަ ދުވަހާ ހަމަޔަށް ކުރިޔަށް ދާނެ - ނަޝީދު

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގެ ބަހުސް ނުނިމޭނަމަ ބުދަ ދުވަހުގެ މެންދަމާ ހަމައަށް ވެސް ޖަލްސާ ކުރިއަށް ގެންދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވަނީ 37.4 މިލިއަން ރުފިޔާއެވެ. ބަހުސްގެ ފުރަތަމަ މަރުހަލާ މި ހަފްތާ ކުރިއަށް ދާއިރު ނަޝީދު ވިދާޅުވި ގޮތުގައި ބަޖެޓްގެ ބަހުސް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިއަދާއި މާދަމާއާއި ބުދަ ދުވަހަށެވެ.
އެގޮތުން ކޮންމެ މެންބަރަކަށް 15 މިނެޓްގެ ފުރަސަތެއް ލިބިވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. މި ބަޖެޓް ފާސްކުރުމަށް މަޖިލީހުން އަމާޒުކުރަނީ މި މަހުގެ ނިޔަލަށެވެ.
އަންނަ އަހަރަށް ލިބޭނެ ކަމަށް ލަފާ ކޮށްފައިވަނީ 17.8 ބިލިއަން ރުފިޔާއެވެ. އެހެން ކަމުން މިއީ 15.5 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ އަންނަ އަންގާރަ ދުވަހަކީ ބަންދު ދުވަހަކަށް ވީ ނަމަވެސް ބަޖެޓްގެ ބަހުސް ކުރިއަށް ގެންދާނެ ކަމަށެވެ.