ދުނިޔެ

ކޮވިޑުން ރަނގަޅުވާ މީހުންގެ 20 އިންސައްތަ މީހުން 3 މަސް ދުވަހުގެ ތެރޭ ނަފްސާނީ ބަލިމަޑުކަމާ ކުރިމަތިލާ: ދިރާސާ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
Depressed woman sitting on a chair in dark room at home. Lonly , sad, emotion concept.

ކޮވިޑު ޖެހި ރަނގަޅުވެފައިވާ މީހުންގެ ތެރެއިން 20 އިންސައްތަ މީހުން 3 މަސްދުވަހުގެ ތެރޭގައި ނަފްސާނީ ބަލިމަޑުކަމާއި ކުރިމަތިލާ ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

"ދަ ލެންސެޓް ސައިކެޓްރީ ޖާނަލް" ނަކަމަށް ކިޔާ ބޭރުގެ މަޖައްލާއެއްގައި މި ދިރާސާގެ ވާހަކަަ ޝާއިއުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެގޮތުން އެ ދިރާސާގައި ވަނީ ޖެނުއަރީ 20 އާއި އޯގަސްޓް މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑު-19 އަށް ފައްސިވި ޖުމުލަ 62,354 މީހުން ބޭނުން ކޮށްގެން ޓެސްޓު ކޮށްފައެވެ. އަދި އޭގެތެރެއިން 20 އިންސައްތަ މީހުން 14 ދުވަހާއި 90 ދުވަހާ ދެމެދު ނަފްސާނީ ބަލިމަޑުކަމާ ކުރިމަތިލާން ޖެހުނު ކަމަށް ވެސް އެ މަޖައްލާގައި ވެއެވެ.

އެމެރިކާއިން މިހާތަނަށް 10 މިލިއަނަށް ވުރެ ގިނަ މީހުން މިބައްޔަށް ފައްސިވެފައިވާއިރު، އޭގެތެރެއިން ވެސް ގިނަ ބަޔަކު އަންނަނީ ނަފްސާނީ ބަލިމަޑުކަމާ ކުރިމަތިލަމުން ކަމަށް ވެސް އެ ދިރާސާގައި ވެއެވެ. މިއީ އެންމެ ސައްހަ ދިރާސާ ކަމުގައި ގަބޫލު ނުކުރުމަށާއި، މިއީ ފަހަރެއްގައި ހަމަ ބަދަލުވެދާނެ ނަތީޖާއެއް ކަމަށް ވެސް ބުނެފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!