ޚަބަރު

ކޮވިޑް-19: ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގައި ވެސް ފެތުރެމުން އަންނަ ކޮވިޑް-19އަށް ފައްސިވީ އިތުރު މީހަކު މިއަދު ނިޔާވެއްޖެއެވެ.

Ads by MWSC

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނީ މިއަދު އިރުއޮއްސި 6:36 ގައި އައިޖީއެމްއެޗްގެ އެމަޖަންސީ ރޫމަށް ގެންދިޔަ އުމުރުން 72 އަހަރުގެ ދިވެހި ފިރިހެނަކު، ހޮސްޕިޓަލަށް ގެންދިޔައިރު އެއްވެސް ހަރަކާތެއް ނުކުރާ ކަމަށާއި، އޭނާ ނިޔާވެފައިވާ ކަމަށެވެ.

އެމީހާ ކޮވިޑް-19 އަށް ޓެސްޓު ކުރުމުން ނަތީޖާ ފައްސި ވެފައިވާ ކަމަށާއި މިއީ ރާއްޖެއިން މިބަލީގައި ނިޔާވި 45 ވަނަ މީހާ ކަމަށް ވެސް އެޗްއީއޯސީން މައުލޫމާތު ދީފައިވެއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

 

Ads by HDC
  1. ކޮއްކޮ

    إِنَّا لِلّهِ وَإِنَّـا إِلَيْهِرَاجِعُون

    މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށި. އާމީން. އަދި މިފަދަ ހިތްދަތި ވަގުތެއްގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން