ދުނިޔެ

ވެކްސިނެއް ލިބުނަސް، ކޮވިޑް-19 އިން އެއްކޮށް ސަލާމަތް ނުވެވޭނެ: ޑަބްލިއުއެޗްއޯ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19 އަށް ވެކްސިނެއް ލިބުނަސް، އެ ބަލިމަޑުކަމުން އެއްކޮށް ސަލާމަތް ވެނޭވެ ކަމުގެ ޔަޤީންކަން ނެތް ކަމަށް ޑަބްލިއުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އެދަނޮމް ގެބްރިއޭސުސް ވިދާޅުވިއެވެ.

Ads by Sosun Fihaara

ޓެޑްރޮސް މިހެން ވިދާޅުވެފައިވާއިރު، ކޮވިޑް-19 އަށް މިހާތަނަށް ތިން ވެކްސިނެއްގެ ޓްރައިލް-3 ގެ ޑޭޓާ ވަނީ އާއްމުކޮށްފައެވެ. މި ޑޭޓާ ތަކުން ދައްކާ ގޮތުގައި، ފައިޒާއިން އުފައްދާފައިވާ ވެކްސިން 90 އިންސައްތަ، ރަޝިޔާގެ ވެކްސިން 92 އަދި މޮޑާނާ އިން ތައްޔާރު ކުރި ވެކްސިން 94.5 އިންސައްތަ ކާމިޔާބެވެ.

ވެކްސިންގެ ޚަބަރާއެކު، ގިނަ ބަޔަކު އުފާ ފާޅު ކުރަމުންދާ މި ދަނޑިވަޅުގައި، ޑަބްލިއުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް ވިދާޅުވީ، މިއީ ވަރަށް އުފާވެރި ޚަބަރެއް ކަމަށާއި ނަމަވެސް ވެކްސިން ލިބުނަސް ކޮވިޑް-19 ޕެންޑަމިކް ނިމޭނެ ކަމަށް ނިންމައިގެން ނުވާނެ ކަމަށެވެ.

"ވެކްސިނަކީ މި ޕެންޑަމިކުން އަރައިގަންނަން މުހިންމު ހަތިޔާރެއް. އެކަމަކު ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރި. ކަރަންޓީން ކުރުމާއި، ގައިދުރުކަން ބެހެއްޓުން ފަދަ ކަންކަން ވެކްސިން ލިބުމަށްފަހު ކުރަން ޖެހޭ" ޓެޑްރޮސް ވިދާޅުވިއެވެ.

ޓެޑްރޮސް އިތުރަށް ވިދާޅުވީ، ވެކްސިން ފުރަތަމަ ބާޒާރަށް ނެރޭއިރު ލިބޭނީ މަދު ބަޔަކަށް ކަމަށާއި، ނަމަވެސް މުސްކުޅިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް އަދި ނޭވާ ލުމުގެ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކަށް ފުރަތަމަ ވެކްސިން ދެވިގެންދާނެ ކަމަށެވެ. އަދި މިގޮތަށް ކަންތައް ކުރުމުން ބަލީގައި މަރުވާ މީހުންގެ ނިސްބަތް ދަށް ކުރެވޭނެ ކަމަށްވެސް ޓެރޮސް ވިދާޅުވިއެވެ.

ޑަބްލިއުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް، ޓެޑްރޮސް އަދަނަމް ގެބްރިއޭސުސްވަނީ ކޯވިޑް-19 ޖެހިފައިވާ މީހަކާ ބައްދަލުވެފައިވުމުގެ ސަބަބުން ކަރަންޓީނުވެ ހުންނެވުމަށްފަހު މަސައްކަތުގެ މާހައުލަށް އަނބުރާ ނިކުންނަވާފައެވެ. އޭނާ ވިދާޅުވީ ޙާލު ރަނގަޅުކަމަށާއި ފާއިތުވި 17 ދުވަހުގެ ތެރޭގައި ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާކަމަށެވެ. އެއްވެސް އަލާމާތެއް ފެނިފައިނުވާތީވެ ބައްޔަށް ތަހުލީލުކޮށްފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ads by Allied Insurance
  1. އެއްވެސް ކަމަކުން ސަލާމަތެއް ނުވެވޭނެ ، އެންމެ ރަނގޅު ގޮތަކީ ސާފްތާހިރުކޮއް އުޅެން ދޫދިނުން ކުޜީގެ ހާލަތައް