ޚަބަރު

ސަގާފީ ފަތުރުވެރިކަމަކީ އިގްތިސާދީ މުހިންމު ވަސީލަތެއް : ރައީސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ސަގާފީ ފަތުރުވެރިކަމަކީ އިގްތިސާދީ މުހިއްމު ވަސީލަތެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ސޯލިހު އެހެން ވިދާޅުވީ އަންގާރަ ދުވަހު ''ކަޅުވަކަރު މިސްކިތް'' ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ސަގާފީ ފަތުރުވެރިކަން އާލާ ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ފަތުރުވެރިކަން އާލާ ކުރަނީ ސަގާފީ ތަރިކަ ދަމަހައްޓައިގެން ކަމަށެވެ.

އެގޮތުން އެ ގައުމެއްގައި ސަގާފިީ ގޮތުން ފާހަގަކުރެވޭ ކަންތައްތައް ދިރުވާ އާލާ ކުުރުމުން ރަނގަޅު ނަތީޖާއެއް ފެނިގެން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ތަރިކަ ރައްކާތެރިކުރަން ޖެހޭނީ އާމްދަނީ ލިބޭ ވަސީލަތެއް ކަމަށް ދެކިގެން ކަމަށެވެ.

"ކޮވިޑް-19 ގެ ސަބަބުން އިގްތިސާދު ހީނަރުކަމުން އަރައިގަންނަ ސަގާފީ ފަތުރުވެރިކަން އާލާކުރުމަށް ވިސްނުން ބެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށް ދެކެން" ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ސަގާފީ ތަރިކަ ރައްކާތެރި ކުރުމުގެ މަގްސަދުގައި ސަގާފީ ތަރިކައިގެ ބިލް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފަ އެވެ.

މިބިލުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގެ ސަގާފީ ތަރިކަ މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ދެނެގަނެ، ސަގާފަތް ދިރުވައި އާލާކޮށް، އެތަކެތި ގިންތިކޮށް ދަފްތަރުކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން ހިމެނެއެވެ.

ރައީސް ވިދާޅުވީ ކަޅުވަކަރު މިސްކިތް ފަދަ ސަގާފީ ތަރިކަތައް ރައްކާތެރި ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!