ޚަބަރު

ޗައިނާއިން ނެގި ލޯނުތައް ދެއްކުން ވަނީ ފަސްކޮށްދީފައި: ރައީސް އޮފީސް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 ގެ މިދަތި ހާލަތާ ގުޅިގެން ވެސް ލޯނުތައް ދެއްކުމަށް ޗައިނާއިން އެއްވެސް ލުޔެއް ނުދެއްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ތުހުމަތު ކުރައްވާފައިވަނިކޮށް، އެލޯނުތައް ދެއްކުން ޗައިނާއިން ފަސްކޮށް ދީފައިވާކަމަށް ރައީސް އޮފީހުން ހާމަ ކޮށްފިއެވެ.

Ads by STELCO

އޮންލައިން ނޫސް "ސީއެންއެމް" ބުނެފައިވަނީ މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާޙިމް ޙޫދު އާއި ސުވާލު ކުރެއްވުމުން، އެލޯނުތައް ދެއްކުން ފަސް ކޮށްދެއްވާފައިވާ ކަމަށެވެ.

"ޖީ20 ގެ ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން ޗައިނާގެ ސަރުކާރުން ދޫކުރި ލޯނުތައް މިހާރު ވަނީ ފަސްކުރެވިފައި" ހޫދު ވިދާޅުވެފައި ވެއެވެ.

ޗައިނާއިން ނަގާފައިވާ ލޯނުތަކަށް ބަލާއިރު، އެއް ބިލިއަނަށްވުރެ ބޮޑު އަދަދަކަށް ލޯނު ނަގާފައިވެއެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ލޯނު އަނބުރާ ދެއްކުމަށް 4.9 ބިލިއަން ރުފިޔާ ހިމަނާފައި ވާއިރު ރައީސް ނަޝީދު ވިދާޅުވާ ގޮތުންނަމަ އެ ފައިސާގެ ތެރެއިން 80 އިންސައްތަ ފައިސާއަކީ ޗައިނާއިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ހިމަނާފައިވާ ފައިސާ އެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޟާލިޙު ގެ ސަރުކާރަށް އިއްޔެ ދެ އަހަރު ފުރުމާ ގުޅިގެން އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދު ވިދާޅުވީ ޗައިނާގެ ދަރަނި ދައްކަން އެއްވެސް ލުޔެއް ނުދިިން ކަމަށާއި ރާއްޖެއާ މެދު އެ ގޮތަށް ކަންތައް ނުކުރެއްވުމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!