ލައިފްސްޓައިލް

ޓޮމާޓޯ ހައްދަން ބޭނުންވާ ބޭފުޅުންނަށް މިއޮތީ ގޮތެއް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ގަސް ހެއްދުމަކީ ވަރަށް ގިނަ ބޭފުޅުން ވަރަށް ކުރާ ހިތުން ކުރަމުން އަންނަ ކަމެކެވެ. އެހެންކަމުން އެކި ވައްތަރުގެ ގަސް ހައްދަން ބޭނުންވާ ބޭފުޅުން އުޅޭނެއެވެ. އެގޮތުން މި ގެނެސްދެނީ ޓޮމާޓޯ ހެއްދުމަށް ބޭނުންފުޅުވާ ބޭފުޅުންނަށް އޮތް ގޮތެކެވެ.

Ads by MWSC

އާންމުކޮށް ރާއްޖޭގައި ޓޮމާޓޯ ހެއްދުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އެހެންނަމަވެސް އެކަމަށް ވެސް ހައްލު މިއޮތީއެވެ. ޓޮމާޓޯ އޮށް ފަސްގަނޑުގައި އިންދާއިރު ، އެހާ ގާތްގާތުގައި ނުބަހައްޓާށެވެ. އެހެންނޫނީ ގަސް ހެދި ބޮޑުވުމަށް ބޭނުންވާ ވަރަށް ޖާގަ ނުލިބުން އެކަށީގެން ވެއެވެ. އަދި ހަމަ އެހެންމެ އޮށް އިންދާ އިރު ބިމުގެ އެހާ އަޑިއަށް ނުލާށެވެ.

ޓޮމާޓޯ ގަހަކީ ހެދި ބޮޑުވުމަށް ޓަކައި ގިނަ އަދަދެއްގެ އަވި ބޭނުންވާ އެއްޗެކެވެ. އަވިން ލިބޭ ބާރުން އެގަސް ހެދި ބޮޑުވުމަށް ނަގާ ވަގުތު ވަރަށް ބޮޑު ތަން އަވަސް ވެގެން ދެއެވެ. އަދި އަވި ނުލިބޭނަމަ ގަހުގެ ފަތްތަކުގެ ފެހިކަން ވެސް ވަރަށް މަޑުވާނެއެވެ. ގަސް ހެދި ބޮޑުވުމަށް ބޭނުންވާ "ފޮޓޯސިންތިސިސް" ކުރިއަށް ދާނީ އަވި ލިބިގެންނެވެ. އެހެންކަމުން އަވި ވަރަށް މުހިންމެވެ.

އަވި ފަދައިން ވައި ވެސް އެ ގަހަށް ވަރަށް މުހިންމެވެ. ގާތްގަނޑަކަށް 10 މިނެޓު ވަންދެން ޓޮމާޓޯ ގަސްތަކަށް ވައި ޖެއްސުމަކީ ގަސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހެދި ބޮޑުވުމަށް ވަރަށް މުހިންމު އެއްޗެކެވެ.ގޭތެރޭގައި ގަސް ހައްދަވާ ބޭފުޅުން ފަންކާއެއްގެ ކުރިމަތީ 10 މިނެޓު ވަންދެން ، ގަސް ޕޮޓް ބަހައްޓާ ލެވިދާނެއެވެ. އެހެންނަމަވެސް ގިނަ ބަޔަކަށް މި ބައި ނޭނގެއެވެ. ކޮންމެ ގަހަކަށް ވެސް ފެނާ، އަތްވާ އަދި ވައި ވެސް ވަކި މިންވަރަކަށް ބޭނުންވާނެއެވެ.

ގަސް ހެދި ބޮޑުވަމުން އަންނަ އިރު މިލަމުން އަންނަ ކުރިތައް ބުރިކުރާށެވެ. އެހެން ހެދުމުގެ ސަބަބުން އެ ބުރިކޮށްލެވުނު ތަނުން އާ ކުރިއެއް ފަޅާނެއެވެ. އަދި ވަކި ހިސާބަކަށް ބޮޑުވުމުން ބޮޑު ޓައްޕަކަށް ނޫނީ ބިމަށް އެގަސް ރުވާށެވެ. އެ ގަސް ރޯވުމުން މާގިނަ ދުވަސް ތަކެއް ނުވެ އެ ގަހުގައި ރަތްކަން ގަދަ ތާޒާ ޓޮމާޓޯ އަޅަން ފަށާނެއެވެ.

 

  1. ޔޫސްބެެ

    ގަސް މުޑުވައް ކުރާނެ ގޮއެއ ކިޔަން އުޅުކަމައ ހީކުރީ