ޚަބަރު

ކާގޯ ފެރީގެ ހިދުމަތް ހުވަދު އަތޮޅަށާއި، އައްޑުއަށް ފެށުމުގެ ތައްޔާރީތައް ކުރިޔަށް އެބަދޭ: ރައީސް

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންޓަނޭޝަނަލް ކާގޯ ފެރީގެ ހިދުމަތް ހުވަދު އަތޮޅަށާއި، އައްޑޫއަށް ފަށަން ތައްޔާރުވަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ހޯރަފުށީ އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިޙު ވިދާޅުވީ، އައްޑު އަށާއި ހުވަދު އަތޮޅަށް ސީދާ ޓުޓިކޮރަން އިން ބޯޓު ފަހަރު އާދެވޭ ގޮތް ހެދުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

އަދި ހދ. ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިންއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ޑައިރެކްޓްކޮށް މުދާ ގެނެވެމުންދާ ކަމަށެވެ. މިހެން ހަމަޖެހިގެން ދިޔުމަކީ ލާމަރުކަޒީ ސިޔާސަތުގެ ވަރަށް މުހިންމު ބައެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ހުވަދު އަތޮޅާއި، އައްޑު އަތޮޅަށް ސީދާ ޓުޓިކޮރަން އިން ބޯޓު ފަހަރު އާދެވޭ ގޮތަށް، އެސްޓީއޯގެ ޝިޕިންގ ކުންފުނިން އެ މަސައްކަތް ފަށައިގަންނާނެ"
ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ޓުޓިކޮރިންއިން ހުވަދު އަތޮޅަށާއި އައްޑުއަށް ކުރާ ދަތުރުތައް ފެށުމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ފަރާތުން ތައްޔާރުވަމުންދާ ކަމަށެވެ.

މި ބޯޓަކީ "އެމްސީޕީ ލިންޒް 47" ނަމަކަށް ކިޔާ ދިގުމިނުގައި 117 މީޓަރު ހުންނަ 380 ކޮންޓެއިނަރުގެ ކެޕޭސިޓީ ހުރި ފެރީއެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!