ކޮވިޑް ޖެހިފައިވާ ބިދޭސީއެއްގެ ގަޔަށް ހަރުފައެއް ވިހަލައިގެން އެމީހާ ދެލޯ ކަނުވެ، ވާގިނެތިއްޖެ
އިންޑިއާއަށް ދިޔަ އިނގިރޭސިވިލާތުގެ ބިދޭސީއެއްގެ ގަޔަށް ހަރުފައެއް ވިހަލައި، އެމީހާ ދެ ލޯ ކަނުވެ ވާގިވެސް ނެތިއްޖެއެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އިއަން ޖޯންސް ނަމަކަށް ކިޔާ މިމީހާ އިންޑިއާ އަށް ދިޔައީ ވިޔަފާރި ބޭނުމެއްގައާއި އިންޑިއާއިން ފަގީރުކަން ނައްތާލަން ކުރާ މަސައްކަތުގެ ބޭނުމެއްގައި ކަމަށެވެ. އިއަން އެޤައުމުގައި އުޅާތާ މިހާރު އަހަރެއްވާން ކައިރި ވެފައިވާއިރު، އޭނާއަށް ވަނީ މެލޭރިއާ އާއި ޑެންގޫ ވެސް ޖެހިފައެވެ. އަދި ހަރުފަ ވިހަލުމުގެ ކުރިން އޭނާ ދިޔައީ ކޮވިޑް-19 އަށް ފައްސިވެ ހޮސްޕިޓަލެއްގައި އެޑްމިޓުވެ ފަރުވާ ހޯދަމުންނެވެ.
އިއަން ގެ އާއިލާއިން ބުނެފައިވާ ގޮތުގައި އޭނާ މިހާރު އޮތީ އިންޓެންސިވް ކެއާރ ޔުނިޓް (އައިސީޔޫ) ގައެވެ.
"މިއަހަރު ފެށުންއިރު އަހަރުމެން ބައްޕަ ގާތު އެދުނިން އެނބުރި ޤައުމަށް އަންނަން. ނަމަވެސް ބައްޕަ ބޭނުންވީ އިތުރަށް މީހުންނަށް އެހީވާން ހުންނަން. އެހެން ހުއްޓާ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ނާދެވުނީ. ދެން އިވުނީ ބައްޕައަށް މެލޭރިއާ އާއި ޑެންގޫ އާއި ކޮވިޑް ވެސް ޖެހުނު ޚަބަރު. އަހަރުމެންނަށް ނުދެވިގެން އުޅެނިކޮށް ބޮޑު ހަރުފައެއް ވިހަލައިގެން މިހާރު ބައްޕަގެ ދެ ފައި އޮތީ ވާގިނެތިފަ އަދި ބައްޕަގެ ދެލޮލަކަށް ނުފެނޭ" އިއަން ގެ ފިރިހެން ދަރިފުޅު ސެބް ބުނެފައި ވެއެވެ.
ސެބް ބުނި ގޮތުގައި މިވަގުތު އޭނާގެ ބައްޕައަށް އެހީތެރި ވަނީ އިއަންއާއެކު މަސައްކަތްކުރާ ބައެކެވެ. މީގެއިތުރުން އިއަންގެ ބޭސްފަރުވާގެ ޚަރަދުތަކަށް ފަންޑު ހޯދުމަށް ވެސް އެއެންމެން ވެސް ދަނީ މީސްމީޑިއާ މެދުވެރިކޮށް ވެސް މަސައްކަތް ކުރަމުންނެވެ.
އިންޑިޔާއިން ފަގީރުކަން ނައްތާލަން ދިޔަ މީހަށް އެހީވާން ފަންޑު ފޮށްޓެއް. ވަޓް
އިންޑިޔާއަށް ދިޔައީ ކޮންމެވެސް އެހެން ކަމަކު ކަންނޭގޭ.
ފަގީރުކަން ނަށްތާލަން މަސައްކަތްކުރެވޭނީ ހަމައެކަނި މުއްސަދިމަހުޖަނުންނަށްތަ! ހާދަ ވިސްނުން ކޮށްޓޭ