ޚަބަރު

ފަސް މަސް ދުވަހުގެ ތެރޭގައި ކޮވިޑުގެ ވެކްސިނެއް ރާއްޖެއަށް ގެނެވޭނެ ކަމުގެ އުންމީދު އެބައޮތް: ރައީސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ފަސް މަސް ދުވަސް ތެރޭގައި ކޮވިޑް-19 ގެ ވެކްސިންއެއް ރާއްޖެއަށް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް މިހެން ވިދާޅުވެފައިވަނީ ހޯރަފުށީ އެއަރޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުރިޔަށް އޮތް ހަތަރު ފަސް މަސް ދުވަސް ތެރޭގައި ރާއްޖެއަށް ކޮވިޑް ވެކްސިން ލިބުމުގެ އުންމީދު އެބައޮތް ކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ ވެކްސިން ލިބުމުން ރާއްޖޭގެ އިޤްތިޞާދު ކުރިއަރައިގެންދާނެ ކަމަށެވެ.

"ކުރިއަށް އޮތް ހަތަރު ފަސް މަސް ދުވަހުގެ ތެރޭގައި، ކޯވިޑުގެ ވެކްސިނެއް ރާއްޖެއާ ހިސާބަށް ވެސް ލިބުމުގެ އުންމީދު އެބައޮތް. އެހިސާބުން އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން މި އުންމީދުކުރާ ބަދަލުތައް ރާއްޖެއަށް އައިސް، ރާއްޖޭގެ އިޤްތިޞާދު ކުރިއަރައިގެންދާނެ"

މީގެއިތުރުން ރައީސް ވިދާޅުވީ މި ދަތި އުނދަގޫ ވަގުތު އަޅަމުންދާ ފިޔަވަޅުތަކާއި ލުއި ތަކަށް ރައްޔިތުން ދެއްވާ އެއްބާރުލުމާއި ރައްކައުތެރިކަމުގެ ފިޔަވަޅުތަކާއިއެކު ކުރިއަށް ދިއުމަށް ރައީސް ވަނީ އެދި ވަޑައިގެންފައެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވެފައިވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ކޮވިޑް ވެކްސިން ތައްޔާރު ކުރަމުންނެވެ. މީގެ ތެރޭގައި އެމެރިކާ، ޗައިނާ އަދި ރަޝިޔާއިން ތައްޔާރުކުރާ ވެކްސިން ހިމެނެއެވެ.

މި ވެކްސިންތައް ބޭނުން ކުރުމަށް މި އަހަރުގެ ޑިސެމްބަރ މަހު ނުވަތަ އަންނަ އަހަރުގެ ޖެނުއަރީ މަހު ހުއްދަ ލިބިގެންދާނެ ކަމަށް ކުންފުނިތަކުން ފާހަގަކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!