ޚަބަރު

ސިޔާސީ ވިސްނުން އެއްކިބާކޮށް، ރައްޔިތުންނަށްޓަކައި މި ބަޖެޓަށް ވޯޓު ދޭން ޖެހޭ: ޝަރީފް

ރައުފާ ރަޝީދު ، ދެން އޮންލައިން
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް

ސިޔާސީ އެކި ފިކުރުތަކާއި ވިސްނުންތައް އެއްކިބާކޮށް، ރައްޔިތުންގެ ފައިދާއަށް ޓަކައި ދައުލަތުގެ ބަޖެޓަށް ވޯޓު ދެއްވަންޖެހޭ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

Ads by MWSC

ޝަރީފް މިހެން ވިދާޅުވެފައި ވަނީ ރާއްޖެޓީވީގެ ބަޖެޓް 2021 ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

މި ބަޖެޓަށް ތާއީދުކުރާ ސަބަބަކީ ކޮބައިތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި ޝަރީފް ވިދާޅުވީ ބަލިމަޑުކަމެއްގެ ދަނޑިވަޅުގައި ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމާއި، ދިރިއުޅުމަށް ކުރާ މަސައްކަތް ހިމާޔަތް ކުރުމާއި، މާލީ އަދި ސިއްޙީ ރައްކާތެރިކަމަށް މި ބަޖެޓުގައި ޚާއްސަ އިސްކަމެއް ދީފައިވާ ކަމަށެވެ. އަދި ބަޖެޓަށް ތާއީދު ކުރައްވާ މައިގަނޑު ސަބަބަކީ ވެސް އެއީ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓްގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައި ވަނީ 34.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓްގައި 15.5 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ހިމެނިފައިވެއެވެ.

މީގެ އިތުރުން ޝަރީފް ރޭ ކުރި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ލީޑަރުންގެ އަމިއްލަ މަގްސަދުތައް ދޫކޮށް ގައުމުގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކްތް ކުރަން ޖެހޭ ކަމަށާއި ދައުލަތުން އިގްތިސާދުގައި ހޭދަކުރަން ޖެހޭ މާލީ ސިޔާސަތެއް މި ވަގުތެއް އެބަ ބޭނުންވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!