Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޕީޕީއެމް/ޕީއެންސީގައި ވޯޓުލާން ތިބީ އަޅުގަނޑު ދެކެ ލޯބިވާ މީހުން: ރައީސް ޔާމީން

ޕީޕީއެމް/ޕީއެންސީގައި ވޯޓުލާން ތިބީ އަޅުގަނޑު ދެކެ ލޯބިވާ މީހުން: ރައީސް ޔާމީން

ޕީޕީއެމް/ ޕީއެންސީގައި އިސްކޮށް ތިއްބެވި ބޭފުޅުންނާ ދޭތެރޭ ނުގުޅުންތަކެއް ހުރި ނަމަވެސް އެ ޕާޓީގައި ވޯޓު ލާން ތިބީ އެމަނިކުފާނު ދެކެ ލޯބިވާ ރައްޔިތުންތަކެއް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް ނަމުގައި އަމިއްލަ ޕާޓީއެއް އުފަދަން މަސައްކަތް ކުރައްވަމުން ގެންދަވާ ޔާމީން އެ ޕާޓީގެ ޖަލްސާއެއްގައި ރޭ ވިދާޅުވީ, ޕާޓީގެ އިސްވެރިންނާ ދޭތެރޭ މައްސަލަތައް ހުރިނަމަވެސް އާންމު ރައްޔިތުންނާ ދޭތެރޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެއީ އޮޅިފައި އޮތް ކަމެއް ނޫން ކަމަށެވެ.

"ޕީޕީއެމްގައި ޕީއެންސީގައި ވޯޓުލާން އެ ތިބަ މީހުންނަކީ ހަމަ ރައީސް ޔާމީން ދެކެ ލޯބިވާ އަދި އަޅުގަނޑު އެ ބަޔަކު ދެކެ ލޯބިވާ ރައްޔިތުން," އޯޑިއެންސްގައި އިންނަވައިގެން ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވި އެވެ.

Advertisement
Allied Insurance — Square (box)

ޔާމީން ވިދާޅުވީ, އެމަނިކުފާނަށް މީޑިއާއާ ވާހަކަ ދެއްކެވޭނަމަ ޖެހުނު މައްސަލައިގެ ތަފްސީލަށް ވަޑައިގަންނަވާނެ ކަމަށެވެ.

ޔާމީން ވަނީ ރޭގެ ޖަލްސާގައި ވެސް އެކި ކަންކަމާ ގުޅޭ ގޮތުން ޕޯޑިއަމަށް އެރި ބޭފުޅުންނާ ސުވާލުކުރައްވައިފަ އެވެ.

އިތުރު ބޭފުޅަކާ ސުވާލު ކުރައްވަމުން ޔާމީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރަސްމާލެ ޕްރޮޖެކްޓަކީ އެމަނިކުފާނު ވެސް ވިސްނި ޕްރޮޖެކްޓެއް ކަމަށާއި އެ މަނިކުފާނު ވިސްނުންފުޅު ބެހެއްޓެވީ ހުރިހާ ކަމެއް ހުއްޓައިލާފައި އެ މަޝްރޫއު ކުރިއަށް ގެންދަން ނޫން ކަމަށް ވިދާޅުވެފަ އެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން ސިޔާސީ ޕާޓީ އާއި ޖަމިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ނޯންނާތީ ޔާމީން ޕީއެންއެފްގެ އިވެންޓުތަކުގައި ބައިވެރިވެވަޑައިގަންނަވަނީ އަމިއްލަ މެންބަރެއްގެ ގޮތުގަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް