ޚަބަރު

ކޮވިޑް-19: އިނގިރޭސިވިލާތުގައި ކަރަންޓީނު ވާންޖެހޭ މުއްދަތު އެންމެ ފަސް ދުވަހަށް ކުޑަކުރަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސީއެންއެން: އިނގިރޭސިވިލާތަށް (އިންގްލެންޑަށް) ދަތުރުކުރާ މީހުން އެތަނުގައި ކަރަންޓީނު ވާންޖެހޭ މުއްދަތު ވަރަށް ބޮޑުތަނުން ކުޑަކުރަން ނިންމައިފިއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނާ ގޮތުގައި އެ ގައުމަށް ދާ މީހުން، އެހެން މީހުންނާ ދުރުގައި ކަރަންޓީނު ވެގެން ހުންނަންޖެހޭ މުއްދަތު މިހާރު ވަނީ އެންމެ ފަސް ދުވަސް ކަމުގައި ނިންމާފައެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި އަންނަ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން ދެން އެޤައުމުގައި ކަރަންޓީނު ވެގެން ހުންނަން ޖެހޭނީ ފަސް ދުވަހަށެވެ. މިހާރު އޮންނަ ގޮތުންނަމަ އެހެން ޤައުމުތަކެކޭ އެއްފަދައިން އިނގިރޭސިވިލާތުގައި ވެސް ކަރަންޓީނު ވެގެން ހުންނަން ޖެހެނީ 14 ދުވަހަށެވެ.

އިނގިރޭސިވިލާތުގައި އަލަށް ހެދި މިގަވާއިދުގެ ދަށުން ކުރު މުއްދަތަށް ކަރަންޓީނުގައި ހުރެ އޭގެ ފަހުން ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެއެވެ. އަދި ނަތީޖާ ނައްސި ކަމަށް ދައްކައިފިނަމަ، އެހެން މީހުންނާ އެކަހެރި ވާން ވެސް ނުޖެހޭނެ ކަމަށް އެގަވާއިދުގައި ބުނެފައި ވެއެވެ.

އެޤައުމުގެ "ޓެސްޓް އެންޑް ރިލީސް" ސްކީމްގެ ދަށުން އުފައްދާފައި މިވާ ގަވާއިދުގައި، ފަސް ދުވަސް ވަންދެން ކަރަންޓީނު ވާން ޖެހޭނީ ހަމައެކަނި ވައިގެ މަގުން އެޤައުމަށް ދަތުރުކުރާ ފަރާތްތައް ނޫން ކަމަށާއި، ކަނޑުމަގުން ދަތުރުކުރާ މީހުން ވެސް ހިމެނޭ ކަމަށް ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!