ޔުނިވާސަލްގެ ޑިރެކްޓަރ ޑރ. އިބްރާހިމް އުމަރު މަނިކު އަަވަހާރަވެއްޖެ

މަޝްހޫރު ޔުނިވަރސަލް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ޑރ. އިބްރާހިމް އުމަރު މަނިކު އަވަހާރަވެއްޖެއެވެ.
ޑރ.އިބްރާހިމް އުމަރު މަނިކު އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގައި ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ސިންގަޕޫރުގައެވެ.
އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ސެންޓްރަލް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާފައެވެ. އަވަހާރަވީ އުމުރުން 68 އަހަރުގައެވެ. ޑރ.އިބްރާހިމް އުމަރު މަނިކު އަކީ ޔުނިވަރސަލްގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ ކޮއްކޯފުޅެެވެ.
ޔުނިވާސަލް ކުންފުންޏަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ އެންމެ ބޮޑު އެއް ކުންފުންޏެވެ. ޑރ. އިބްރާހިމް އުމަރު މަނިކަކީ ރާއްޖޭގެ އެންމެ ފުރަތަމަ ހޭނައްތާ ޑޮކްޓަރު ވެސް މެއެވެ.