ޚަބަރު

އައިޖީއެމްއެޗުން 21 ނަރުހަކު އެކަހެރިކޮށްފައިވޭ: މަބްރޫކް

ދެން އެމްވީ ، ދެން އޮންލައިން

އައިޖީއެމްއެޗުން 21 ނަރުހަކު އެކަހެރިކޮށްފައިވާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ 21 ނަރުހެއް ކަރަންޓީނުގައި އެބަތިބި ކަމަށާއި ނަތީޖާ ނެގެޓިވް ވަންދެން އެ ފަރާތްތައް ތިބޭނީ ކަރަންޓީނުގައި ކަމަށެވެ.

އައިޖީއެމްއެޗުގެ ޑޮކްޓަރަކާއި ނަރުހެއް ކޮވިޑަށް ފައްސި ވެފައިވާއިރު، އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވީ ކޮވިޑް19 އަށް ފައްސިވި ޑޮކްޓަރާއި ނަރުހަށް އެ ބަލި ޖެހުނީ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން ދަނިކޮށް ނޫން ކަމަށެވެ. ނަޒީމް ވިދާޅުވީ މި ހާލަތުގައި ބަލީގެ ނުރައްކާތެރިކަން އެންމެ ބޮޑީ ފްރަންޓުލައިންގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަށް ކަމަށެވެ.

އޭނާ ވިދާޅުވީ އައިޖީއެމްއެޗަށް ގެންދާ ބަލި މީހުން ކޮވިޑް19 އަށް ޓެސްޓު ކުރަނީ އެ ހޮސްޕިޓަލުގައި އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ. އަދި އެ ބައްޔަށް ޓެސްޓު ކުރާ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންނާއި އަދިވެސް އެހެން ޑިޕާޓުމަންޓުތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން ތިއްބަވާނީ ފުލް ކިޓުގައި (ޕީޕީއީ) ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް 862 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 31 މީހަކު ބަލިން ރަނގަޅުވެ، ތިން މީހަކު ވަނީ މަރުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!