ލައިފްސްޓައިލް

އޮރެންޖު ބޭނުން ކޮށްގެން މޫނުން ބިހި ފިލުވާލާނެ ގޮތް މިއޮތީ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މޫނުގައި ބިހިނެގުމަކީ ގިނަ ބަޔަކު ތަހައްމަލު ކުރަމުން އަންނަ ކަމެކެވެ. ޚާއްސަކޮށް ހޫނު ގަދަ މޫސުމެއްގައިނަމަ ބިހި ނެގުން އާދަޔާ ޚިލާފަށް އިތުރުވެއެވެ. އެހެންނަމަވެސް މި ފަދަ ކަންކަމަށް އެކި ކަހަލަ ކާނާ ބޭނުން ކޮށްގެން ވެސް ހައްލު ވަނީ ހޯދާފައެވެ.

ދިވެހި ރާއްޖެ އަކީ އިންތިހާއަށް ހޫނުގަދަ ގައުމެއް ކަމުން، އިރުގެ ދަޅަތަކުން އިންސާނުންގެ މަޑު ހަންގަނޑަށް ތަފާތު އަސަރު ކުރެއެވެ. އަދި އަވިން ހަންގަނޑު އަނދާ ގޮތްވެއެވެ. އޮރެންޖު ފޭޝަލް އަކީ މިކަމުގެ ފަރުވާއެކެވެ.

އޮރެންޖަކީ އެންމެ ގިނަ ވިޓަމިން ސީ އެކުލެވިގެންވާ މޭވާއެވެ. އަދި ހަންގަނޑުގެ ކުލަ ރީތިކޮށް ދިނުމަށް ވެސް އެހީވެދޭ މާއްދާއެއް ވެސް މެއެވެ. ވިޓަމިން އީ ވެސް އޮރެންޖު ފޭޝްލްގައި ހިމެނެއެވެ. އަދި އިރުގެ ޔޫވީ ރޭސްތަކުން ހަލާކުވެފައިވާ ހަމަށް ރީތި ކުލަ ގެނެސްދޭނީ ވެސް އޮރެންޖު ފޭޝަލްއިންނެވެ. ހަމައެއާއެކު މޫނުގައިވާ ބިހިތަކުގެ ފަރުވާއަކަށްވެސް އޮރެންޖު ވެއެވެ. ތައްޔާރު ކުރާނެ ގޮތް ތިރީގައި އެވަނީއެވެ.

ބޭނުންވާ ތަކެތި

  • ޔޯގަޓް
  • އޮރެންޖު
  • ފިނިފެން

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ޔޯގަޓް އާއި އޮރެންޖު މިކްސް ކޮށްލާށެވެ. އަދި ފުރިޖްގައި 15 މިނިޓް ބަހައްޓާފަ މޫނުގައި އުނގުޅާށެވެ. މުޅި މޫނުގައާއި ކަރުގައި ތައްޔާރު ކުރެވުނު ޕޭސްޓް އުނގުޅާށެވެ. އަދި ބައިގަޑިއިރު ފަހުން މޫނު ސާފު ކޮށްލާށެވެ. ސާފު ކުރުމަށްޓަކައި އޮރެންޖު ތޮށި ވެސް ބޭނުން ކުރެވިދާނެއެވެ.

 

  1. ފިނިފެން އަޅަންވީ އަނގައަށްތޯ؟