އިބްތިހާލް މަރާލި މައްސަލައިގެ ހުކުމް ކުރުން އާދީއްތަ ދުވަހު

ވ. ރަކީދޫގައި 2015 ވަނަ އަހަރުގެ ޖެނުއަރީ މަހު، އަނިޔާވެރި ގޮތަކަށް މަރާލި މުޙައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި އޭނާގެ މަންމަ، އާފިޔާ މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ހުކުމް އިއްވުން އާދިއްތަ ދުވަހަށް ތާވަލު ކޮށްފިއެވެ.
މިމައްސަލައިގައި ދައުލަތުން އާފިޔާގެ މައްޗަށް އުފުލާފައިވަނީ އަމުރަށް ނުކިޔަމަންތެރިިވުމުގެ ދައުވާއާއި ގަސްދުުގައި ކުއްޖަކު މެރުމުގެ ދައުވާ އެވެ.
މިމައްސަލައިގައި އާފިޔާގެ މައްޗަށް ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލު ކޮށްފައި ވަނީ އެދުވަހުގެ 14:00 އަށެވެ.
މީގެކުރިން މިމައްސަލައިގެ ހުކުމް ކުރުން ތާވަލު ކުރީ މިއަހަރުގެ މާރޗް މަހުގެ 12 ވަނަ ދުވަހަށެވެ. ނަމަވެސް ފަހުން އެ އަޑުއެހުން ވަނީ ފަސް ކޮށްފައެވެ.
މިމައްސަލައިގެ އެންމެ ފަހު އަޑުއެހުން މިއަހަރުގެ ފެބްރުއަރީ މަސް ތެރޭގައި ބޭއްވިއިރު އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ޚުލާސާ ބަޔާން ހުށަހެޅުމުން، އެކަމުގައި އެއްޗެއް ބުނަން ބޭނުންތޯ އާފިޔާއާ ވަނީ ސުވާލު ކޮށްފައެވެ. ނަމަވެސް އާފިޔާ ވަނީ ބުނާނެ އެއްޗެއް ނެތް ކަމަށް ބުނެފައެވެ. ހަމަ އެއްވެސް އެއްޗެއް ބުނަން ބޭނުންނެތީތޯ އިތުރަށް ސުވާލު ކުރުމުން އާފިޔާ ބުނީ ގަސްދުގައި ކުއްޖަކު ނުމަރާ ކަމަށާއި އަދި ގަސްދުގައި އަނިޔާވެސް ނުކުރާ ކަމަށެވެ.
ތި ޖަނަވާރު ދިރި ހުއްޓާ އަންދާލަންވީ.