ލައިފްސްޓައިލް

ބޮޑަށް ދެރަވަނީ ލޯބިވެރިޔާ ގެއްލުމުންތަ ނޫނީ އެންމެ ގާތް އެކުވެރިއެއް ގެއްލުމުންތަ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވަރަށް ގިނަ މީހުން ބުނާ އެއްޗެކެވެ. ލޯބިވެރިއަކު ގެއްލުމަށްވުރެ، އެންމެ ގާތް އެކުވެރިޔާ ނުވަތަ އެކުވެރިން ގެއްލުނީމަ ވާ ދެރަ މާބޮޑެވެ.

Ads by Sosun Fihaara

ނަމަވެސް މިހެން އެވަނީ ކީއްވެ ހެއްޔެވެ؟ ލޯބިން އެކުއެކީގައި ވަގުތު ހޭދަ ކޮށްފައި، ތަރިތަކާއި ހަނދާއި ބާލުވާދީފައި، އެބައިވެރިއަކާ ވާހަކަ ނުދައްކާ ލޮލު ފިޔައެއް ވެސް ޖަހާ ނުލެވިގެން އުޅޭއިރު ވެސް، އެމީހަކާ ވަކިވެގެންވާ ދެރައަށް ވުރެ ބޮޑަށް އެކުވެރިއެއް ގެއްލިގެން ދެރަ ވަނީ ކީއްވެ ހެއްޔެވެ؟

ލޯބިވެރިޔާއާއެކު ވެސް އެކިއެކި ހަނދާންތައް އުފައްދައެވެ. އެކިއެކި ތަންތަނަށް ގޮސް، އެކިކަންކަމުގައި ޝާމިލު ވެގެން އުޅެ އުފާވެރި ވަގުތުތައް ހޭދަ ކުރެއެވެ.

ނަމަވެސް އެއަށްވުރެ ބޮޑަށް އެކުވެރިން ގެއްލުނީމަ ދެރަވަނީ އެވެ. އެކުވެރިއަކާއި މައްސަލަ ޖެހުނަސް އެމީހުންނާއި އެއްކޮށް ހޭދަ ކޮށްފައި ހުންނަ އުފާވެރި މަޖާ ވަގުތުތައް، ލޯބިވެރިއަކާއެކު ހޭދަ ކޮށްފައި ހުންނަ ވަގުތުތަކަށްވުރެ ބޮޑަށް ހަނދާންވާނެއެވެ.

މިހެން ވަނީ ސަބަބެއް ނެތިއެއް ނޫނެވެ. މިހެންވުމުގެ މައިގަނޑު ސަބަބަކީ، އެކުވެރިންނަކީ ގިނަ ފަހަރަށް ތިމާއަށް ރަނގަޅު ގޮތް ބުނެދީ، ކަންކަމުގައި ތިމާއާއެކު ހުންނަ، ކަންކަމުން ތިމާ ސަލާމަތްކޮށްދީ، ތިމާއަށް ގޮތް ބުނެދީ، ފާޑު ކިޔާ، ތިމާގެ ޙަޔާތުގެ ކަންކަމާއި ހިތުގެ އުދާސްތައް އަޑުއަހަން ތިބޭ އަދި ގިނަ ކަންކަމުގައި ތިމާއަށް އެހީތެރިވެދޭން ތިބޭ މީހުން ކަމުގައިވާތީއެވެ.

ބައިވެރިއަކާ މައްސަލައެއް ޖެހުމުން، ނުވަތަ ބައިވެރިއަކު ގެއްލުމުން ލިބޭ ދެރައަށްވުރެ ބޮޑަށް އެކުވެރިން ގެއްލުނީމަ ނުވަތަ އެކުވެރިއަކާ މައްސަލަ ޖެހުމުން މީހުން ދެރަވަނީ މިސަބަބާއި ހެދިއެވެ.

ތިޔަބޭފުޅުން މިފަދައިން އެންމެ ދެރަވަނީ ކާކު ގެއްލުމުން ހެއްޔެވެ؟

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!