ވަންނާނެ ތަނެއް ނެތި ތިބި މީހުން ގުޅީފަޅަށް ގެންދަނީ
މާލޭގައި މަގުމަތި ވެފައި ތިބި މީހުންނަށް ވަގުތީ ބޯހިޔާވަހިކަމެއް ހޯދއިދިނުމަށް ސަރުކާރުން އެމީހުން ގުޅިފަޅަށް ބަދަލު ކުރުމަށް ނިންމައިފިއެވެ.
ނެޝަނަލް ޑްރަގް އޭޖެންސީ(އެންޑީއޭ) އިން ބޭއްވި ބޯޑު ބައްދަލުވުމަކަށް ފަހު ވަނީ މާލޭގައި މަގުމަތިވެފައި ތިބި މީހުންނަށް ވަގުތީ ބޯހިޔާވަހިކަމެއް ހޯދައި ދިނުމަށް އެމީހުން ގުޅިފަޅަށް ބަދަލުކުރުމަށް ނިންމާފައެވެ.
މި މީހުން ފުރަތަމަ ގުޅީފަޅަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ބަލަން ޖެހޭ ބެލުންތައް ބެލުމަށް ކަމަށް އެންޑީއޭގެ ޗެއާމަން އަބްދުލް ހަމީދާ ހަވާލާދީ ބައެއް މީޑިއާ ތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.
ބަލަން ޖެހޭ ބެލުންތައް ބެލުމަށް ފަހު މަސްތުވާތަކެތި ބޭނުންކޮށްފައިވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ފަރުކޮޅުފުށްޓަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. ފަރުވާ ދިނުމަށް ހަމަޖެހިފައިވަނީ ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ ޑިޓޮކްސް ސެންޓަރުންނެވެ.
ގުޅިފަޅަށް ގެންދެވޭނީ ބޯހިޔާވަހިކަމެއް ނެތް މީހުންގެ ރުހުން ލިބުމުން ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ.
ބޯހިޔާވަހިކަމެއް ނެތި މާލޭގައި މަގުމަތި ވެފައި ތިބޭ މީހުން މިހާރު ވަނީ އިތުރުވެފައެވެ. ޚާއްސަ ކޮށް ކޮވިޑް-19 މި ބަލިމަޑުކަމުގެ ތެރޭގައި ވަންނާނެ ތަނެއް ނެތް މީހުން ގިނައެވެ. މި މައްސަލަ ހައްލު ކުރުމުގެ ގޮތުން ސަރުކާރުން ދަނީ އެކި ގޮތް ގޮތުން އެހީތެރިކަން ފޯރު ކޮށްދެމުންނެވެ.