ލައިފްސްޓައިލް

ކަރުދާސް ތަށީގައި ކޮފީ އަދި ސައި ފަދަ ތަކެތި ބުއިމަކީ ސިއްހަތަށް ގެއްލުން ހުރި ކަމެއް: ދިރާސާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ގިނަ މީހުންނަށް ދުވަސް ފެށިގެން ދަނީ ކޮފީ، ކަޅު ސައި ނުވަތަ މި ނޫންވެސް ކޮންމެ ވެސް ހޫނު ބުއިމަކުންނެވެ. މި ފަދަ ބުއިންތައް އިޚްތިޔާރު ކުރާއިރު މި ބޭނުން ކުރާ އެއްޗަކީ ސިއްހަތަށް ފައިދާ ހުރި އެއްޗެއްތޯ ބަލާ ފަދައިން އެ ބުއިން އަޅާފައިވާ ތައްޓަކީ ވެސް ސިއްހަތަށް ކިހާ ފައިދާ ހުރި އެއްޗެއްތޯ ބަލަން ޖެހެއެވެ.

Ads by Sosun Fihaara

އިންޑިޔާގައި ދާދިފަހުން ކުރި ދިރާސާއަކުން ހަމަވެފައިވާ ގޮތުގައި ކޮފީ، ކަޅު ސައި އަދި މި ނޫން ވެސް ހޫނު ބުއިންތައް ކަރުދާސް ތަށިން ބުއިމަކީ ސިއްހަތަށް ވަރަށް ގެއްލުން ހުރި ކަމެކެވެ. ސަބަބަކީ ތަށީގައި ހިމެނޭ މާއްދާތަކުގެ އަސަރު އެ ބުއިމައް ކުރާތީއެވެ.

15 މިނިޓް ތެރޭގައި ބުއިން ހުސްވާއިރު ތަށިން 25000 އަށް ވުރެ ގިނަ އެތިކޮޅުތައް ހަށިގަނޑަށް ވާސިލްވާ ކަމަށް ދިރާސާގައި ބައިވެރިވި ޑޮކްޓަރެއް ކަމަށްވާ ޑޮކްޓަރ ސޫދާ ގޮއެލް ހާމަކޮށްފައި ވެއެވެ.
ލޮލަށް ނުފެނުނު ކަމުގައި ވިޔަސް މިއީ އިންސާނާގެ ހަށިގަނޑަށް ވަރަށް ނުރައްކާތެރި އެއްޗެކެވެ. މީގެ ސަބަބުން ދަރިމައިވުމުގެ މައްސަލަތަކުގެ އިތުރުން ކެންސަރު ޖެހުމަށް ވެސް މަގު ފަހިވެގެން ދެއެވެ.
ހަށިގަނޑަށް ވާސިލްވާ މި މާއްދާ ތަކުގެ ތެރޭގައި ނުރައްކާތެރި ދަގަނޑުގެ ބައިތައް ކަމަށްވާ ، ޕެލެޑިއަމް، ކްރޮމިއަމް، އަދި ކެޑްމިއަމް ހިމެނެއެވެ. ޤަވާއިދުން މި މާއްދާ ތަކުގެ އަސަރު ހަށިގަނޑަށް ކުރާނަމަ ހަށިގަނޑަށް ގެއްލުން ވާނެ ކަމަށް މި ދިރާސާއިން ވަނީ ހާމަވެފައެވެ.

އެހެންކަމުން ކަރުދާސް ތަށީގެ ބަދަލުގައި ބިއްލޫރި ނުވަތަ ދަގަނޑު ތަށި ބޭނުން ކުރުމަށް ދިރާސާވެރީން ވަނީ އިލްތިމާސް ކޮށްފައެވެ. ނަމަވެސް ކަރުދާސް ތަށި އުފެއްދުމަށް ހޭދަވާ ހަރަދު ކުޑަވުމަކީ ގިނަ ބަޔަކު އަދިވެސް ކަރުދާސް ތަށި ބޭނުން ކުރުމަށް މަގުފަހި ކުރުވާނެ ކަމެކެވެ. އެހެންކަމުން އަވަސް މުސްތަގުބަލެއްގައި މި ކަމަށް ރަނގަޅު ހައްލެއް ހޯދަން ޖެހެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!