ޚަބަރު

މިނިސްޓަރ ނަހުލާ ރިސޯޓަށް ވަޑައިގެންނެވީ އުސޫލުތަކުގެ ތެރެއިން: މަބްރޫކް

ދެން އެމްވީ ، ދެން އޮންލައިން

ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ހުންނެވީ ރިސޯޓްގައި ކަމަށާއި، އެކަމަނާ ރިސޯޓަށް ވަޑައިގެންނެވީ އުޞޫލުތަކުގެ ތެރެއިން ކަމަށް ކޮވިޑް-19 ގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

Ads by MWSC

މިނިސްޓަރު ނަހުލާ އާއި އެކަމަނާގެ އާއިލާ މިދިޔަ އަންގާރަ ދުވަހު ސަން އައިލެންޑް ރިސޯޓަށް ގޮސްފައިވަނީ މާލެ ސިޓީ ލޮކްޑައުން ކޮށްފައިވަނިކޮށެވެ.

ޮލޮކްޑައުންގެ ހާލަތުގައި ވެސް ސަރުކާރުގެ އިސްވެރިންނަށްވެސް ފުރައިގެން ދެވިގެން ނުވާނެ ކަމަށް ބުނެ ބައެއް މީހުން ގެންދަނީ އެކަމަނާއަށް ފާޑުކިޔަމުންނެވެ.

މިކަމާ ގުޅިގެން މަބުރޫކް ވިދާޅުވީ ރިސޯޓް އޯނަރުންނާއި އިންވެސްޓަރުންނަށް އަދި އެނޫންވެސް ކަނޑައެޅޭ ހާއްސަ ބަޔަކަށް ރާއްޖެ އައުމުގެ ހުއްދަ ދިނުމަށް ޓެގް ޓީމުން ނިންމާފައިވާ ކަަމަށެވެ. އެ ނިންމުން ނިންމާފައިވަނީ މިމަހުގެ ތިންވަނަ ދުވަހުއެވެ.

މަބުރޫކް ވިދާޅުވީ ބޭރުގެ ރިސޯޓް އޯނަރުންނަށް އޮންނަ ހުއްދަ ރާއްޖޭގެ ރިސޯޓް އޯނަރުންނަށްވެސް އޮންނަ ކަމަށެވެ. ނަހުލާ، ފިރިކަލުންގެ ރިސޯޓަށް ވަޑައިގެންނެވީ އެ ހުއްދައިގެ ދަށުން ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.

ނަމަވެސް ނަހުލާ، ސަން އައިލެންޑަށް ވަޑައިގެންނެވީ ކޮން ދުވަހަކު ކަމެއް ވިދާޅެއްނުވެއެވެ. މަބުރޫކް ވިދާޅުވީ މިނިސްޓަރު ނަހުލާ އާއިލާގެ އިތުރު ބަޔަކާއެކު ރިސޯޓަށް ވަޑައިގަތީ ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ހުއްދަ ލިބިގެން ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!