ލައިފްސްޓައިލް

ފޮނި ތޮށިން ލިބޭ ސިއްހީ ފައިދާތައް އެނގިއްޖެ ނަމަ ހައިރާންވެ އަންތަރީސްވާނެ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ފޮނި ތޮއްޓަކީ ހުހާކާން ވެސް ވަރަށް މީރު އެއްޗެކެވެ، އަދި އެކި ކަހަލަ ކާ އެއްޗެހި ތައްޔާރު ކުރާއިރުގައި ވެސް ފޮނި ތޮއްޓަކީ ނުހަނު މުހިންމު އެއްޗެކެވެ. ފޮނި ތޮއްޓަކީ ރާއްޖޭގެ ގިނަ ބަޔަކަށް ވެސް ކަމުދާ އެއްޗަކަށް ވާއިރު ފޮނި ތޮށީގެ ސަބަބުން ލިބޭ ސިއްހީ ފައިދާތައް އެނގެނީ ކިތައް މީހުންްނަށް ބާވައެވެ. ފޮނި ތޮށީގެ ސިއްހީ ފައިދާތައް އެނގިއްޖެ ނަމަ ހައިރާންވެ އަންތަރީސް ވާނެކަން ޔަގީނެވެ.

Ads by STELCO

މޫނުގައި ނަގާ ބިހިތައް މަދުކޮށްދޭ

މޫނުގައި ފޭސް މާސްކު ހޭކުމަކީ ވަރަށް ގިނައިން މީހުން މިހާރުކޮށް އުޅޭ ކަމެކެެވެ. ފޮނި ތޮށި ބޭނުން ކޮށްގެން ވެސް މިހާރު ވަރަށް ރަނގަޅު ފޭސް މާސްކެއް ތައްޔާރު ކޮށްލެވިދާނެއެވެ. އޭގެ ސަބަބުން މޫނުގައި ނަގާ ބިހިތައް މަދުކޮށްދީ މޫނު ރީތިކޮށް ބެހެއްޓުމަށް މަގުފަހި ކޮށްދެއެވެ. ފޮނި ތޮށިން ފޭސް މާސްކު ތައްޔާރު ކުރުމަށް ޓަކައި ބޭނުންވާނީ 3 ސަމުސާ މާމުއި އާއި 1 ސަމުސާ ހިމުން ފޮނިތޮއްޓެވެ. އެ ދޭތި "މިކްސް" ކޮށްލުމަށްފަހު ޕޭސްޓެއް ތައްޔާރު ކުރާނީއެވެ. އަދި އެއަށްފަހު މޫނުގައި މާސްކު ހާކާށެވެ. އެއަށްފަހު 10 މިނެޓު ވަންދެން ބަހައްޓާށެވެ.ގަވައިދުން ބޭނުން ކުރަން ފެށުމުން ނަތީޖާ ފެންނާނެ ކަން ޔަގީނެވެ.

ތުންފަތް ކުރަކިވުމުން ދުރުކޮށްދޭ

ހޫނު ދުވަސްތަކަކީ ގިނަ ބަޔަކަށް ތުންފަތް ކުރަކި ވުމުގެ މައްސަލަ ކުރިމަތިވާ ދުވަސްވަރެކެވެ. އަދި ހަންގަނޑު ކުރަކިކޮށް ހުންނަ ފަރާތްތަކަށް ވެސް މި މައްސަލަ ވަރަށް ގިނައިން ކުރިމަތިވެއެވެ. ފޮނިތޮއްޓަކީ މިކަމަށް ވެސް އޮތް ހައްލެކެވެ. ފޮނި ތޮށީގެ ސަބަބުން ލޭ ދައުރުވުން ރަނގަޅުވެ ހަންގަނޑު ރީތި ކޮށްދެއެވެ. ތުންފަތް ކުރަކިވުމުން ސަލާމަތް ކުރުމަށް ޓަކައި ބައި ސަމުސާ ހިމުން ކޮށްފައިވާ ފޮނި ތޮއްޓާއި ޒައިތޫނި ތެޔޮ ފަދަ ގުރުދަތީ ތެލަކާ އެއްކޮށްލާށެވެ. އެއަށްފަހު ތުންފަތުގައި ހާކާށެވެ. އިރުކޮޅަކަށް ބެހެއްޓުމަށް ފަހު ދޮވެލާށެވެ. ނަތީޖާ ފެންނާނެ ކަން ގައިމެވެ.

ޒުވާންކަން ގިނަ ދުވަހަށް ދަމަހައްޓައިދޭ

ހަންގަނޑު ޒުވާންކަން މަތީ ބެހެއްޓުމަށް ޓަކައި ފާޑުފާޑުގެ އެއްޗެހި މީހުން ބޭނުން ކުރެއެވެ. އޭގެ ތެރޭގައި އަގުބޮޑެތި ކުރީމްތަކާއި ތެރަޕީތައް ނެގުން ހިމެނެއެވެ. އެހެން ނަމަވެސް ހަންގަނޑު ޒުވާންކަން މަތީގައި ބެހެއްޓުމަށް އެހާ ބޮޑު ހަރަދެއް ކުރާކަށް ނުޖެހެއެވެ. އެހެނީ ފޮނިތޮށިން މިކަމަށް ވެސް ހައްލު ހޯދައިދޭތީއެވެ. ފޮނިތޮށި ދިޔަ އަކީ މިކަަމަށް އޮތް ވަރަށް ރަނގަޅު ހައްލެކެވެ. އޭގެ ސަބަބުން ހަންގަނޑު އޮމާންކޮށް ބަހައްޓައިދީ ގިނަ ދުވަހު ޒުވާންކަން މަތީ ދަމަހައްޓައިދެއެވެ.

ހޭންޑް ސެނެޓައިޒާއެއްގެ ގޮތުގައި ވެސް ބޭނުން ކުރެވޭ

އަތް ދޮވުމަށް ބޭނުން ކުރާ ސެނެޓައިޒާގެ ބޭނުން މިއަދު ވަރަށް ބޮޑަށް ވެސް މިއަދު މިވަނީ ޖެހިފައެވެ. ފޮނިތޮށި ތެލަކީ ވަރަށް ގިނަ އިންފެކްޝަންތަކެއް ނެތި ކޮށްލާ އެއްޗެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އެހެންކަމުން ފޮނިތޮށި ތެލަކީ ގުދުރަތީ ސެނެޓައިޒާއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެކެވެ.

 

 

 

Ads by HDC
  1. ހާދަ ހިވެޔޭ ތީ ފޮނިތޮށި އިސްތިހާރެއްހެން. ބޮއި ހަލާކު