ލައިފްސްޓައިލް

އީމެއިލެއް ނެތިގެން ވަޒީފާ ނުދީ ދަށްކޮށްލި މީހަކު، ފަހުން ކާމިޔާބު ވިޔަފާރިވެރި އަކަށްވީ ގޮތުގެ ވާހަކަ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއީ މުޅި ދުނިޔެއަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކް ކިޔައިދެއްވާފައިވާ ހަގީގީ ހާދިސާއެއްގެ ތަރުޖަމާ އެކެވެ.

Ads by MWSC

"އެމެރިކާގެ ކުންފުންޏެއްގެ މަސައްކަތު މީހެއްގެ ވަޒީފާ ހޯދުމަށް އެދި ދިޔަ މީހެއްގެ ވާހަކައެކެވެ.

އިންޓަވިއުއަށް ދިޔުމުން، އޭނާއާ އިންޓަވިއު ކުރި މީހާ އެއްސެވެ. 'ކަލޭގެ އީމެއިލަކީ ކޮބައި ހެއްޔެވެ؟'

އެމީހާ ޖަވާބު ދިނެވެ. 'އަޅުގަނޑުގެ އީމެއިލެއް ނެތެވެ.'

އިންޓަވިއު ކުރި އެކުންފުނީގެ ސީނިއާ މީހާ ބުންޏެވެ. 'އީމެއިލެއް ނެތިއްޔާ ތިއީ އެއްވެސް މީހެއް ނޫނެވެ. އެއްވެސް މީހަކަށް ނުވާ މީހަކަށް މިކުންފުނީގައި ވަޒީފާއެއް ވެސް ނެތެވެ.'

މަސައްކަތު މީހެއްގެ ވަޒީފާއަކަށް އެދި ދިޔަ މީހާ އެކަމާ މާޔޫސްވެ، ހިތްވަރު އެލުނެވެ. އެތަނުން ނިކުމެގެން މާދުރަށް ނުދެވެނީސް އޭނާއަށް ފެނުނީ ބަޔަކު މީހުން މަގުމަތީގައި ޓޮމާޓޯތަކެއް ވިއްކާ މަންޒަރެވެ.

އެކަމާމެދު ވިސްނާލާފައި އޭނާއަށް ވިސްނުނީ، އާމްދަނީ ހޯދަން މަސައްކަތެއް ކުރުމަށް އެއީ ވެސް ކުރަން ރަނގަޅު ކަމެއް ކަމުގައެވެ. އޭނާއަށް ވެސް އެގޮތަށް ޓޮމާޓޯ ވިއްކި ދާނެކަން އެމީހާއަށް ވިސްނުނެވެ.

އެހެންކަމުން މާރުކޭޓަށް ގޮސް ޓޮމާޓޯކޮޅެއް ގަނެގެން އޭނާ ވެސް މަގުމަތީގައި ޓޮމާޓޯ ވިއްކަން ފެށިއެވެ. ފުރަތަމަ މަދު އެތިކޮޅެއް ގަނެ، ވިއްކުމަށްފަހު އެފައިސާއިން އަނެއްކާ އިތުރަށް ޓޮމާޓޯ ގަނެ ވިއްކަން ފެށިއެވެ. މިފަދައިން ޓޮމާޓޯ ގަނެ، ވިއްކައިގެން ލިބެން ފެށި ފައިސާއިން، ވިޔަފާރި އިތުރަށް ފުޅާކޮށް މާ ލަސްތަކެއްނުވެ އޭނާވީ އެކި ބާވަތުގެ ތަރުކާރީ ވިއްކާ މީހަކަށެވެ.

އޭނާގެ ވިޔަފާރި ދުވަހުން ދުވަހަކަށް ކުރި އަރަމުން ގޮސް، މަގުމަތިން ފެށި އެވިޔަފާރި އިތުރަށް ފުޅާވެ، ވިޔަފާރިން ލިބުނު ފައިދާއިން އޭނާ ކުޑަ ފިހާރައެއް ގަނެ އެފިހާރާގައި ތަރުކާރީ ވިއްކަން ފެށިއެވެ. އޭނަގެ އެދަތުރު އެހިސާބަކުން ނުނިމެއެވެ. އިތުރަށް ވިޔަފާރި ފުޅާކޮށް، ފަހުން ބޮޑު ފިހާރައެއް ވެސް ހުޅުވާ، އޭނާ ފަހުން ވެގެން ދިޔައީ އެސިޓީގެ ނަން މަޝްހޫރު ތަރުކާރީ ސަޕްލަޔަރެއް ގޮތުގައެވެ.

އެއް ދުވަހަކު ބޮޑު ހަފްލާއަކަށް ދާން އޭނާއަށް ދައުވަތު ލިބުނެވެ. އެހަފްލާ ތެރެއިން އޭނާ އާއި ދިމާވީ، ކުރިން މަސައްކަތު މީހެއްގެ ވަޒީފާ ހޯދުމަށް އެދި ދިޔުމުން އޭނާއަށް ވަޒީފާ ނުދިން މީހާއާއެވެ. އޭނާއަކީ 'އެއްވެސް މީހެއް ނޫން' ކަމަށް ބުނި މީހާއާއެވެ.

އެމީހާ ފެނުމުން އޭނާ އެމީހާއަށް ޝުކުރު އަދާ ކުރިއެވެ. އަދި ބުންޏެވެ. 'އެދުވަހު އަހަންނަށް އެވަޒީފާ ދިން ނަމަ އަހަރެން އަދިވެސް ހުންނާނީ ތިކުންފުނީގެ މަސައްކަތު މީހެއްގެ ގޮތުގައެވެ. އެކަމަކު އަހަންނަށް އެވަޒީފާ ނުދީ، އަހަންނަކީ އެއްވެސް މީހެއް ނޫން ކަމުގައި ބުނުމުން، އަހަންނަށް އިތުރު ހިތްވަރު ލިބި، އިތުރަށް މަސައްކަތްކޮށް މިއަދު އަހަރެންވެފައި މިހުރީ އީމެއިލަކާއި ނުލާ، ބޮޑު ވިޔަފާރިވެރި އަކަށެވެ.' "

 

 

Ads by HDC
  1. ޟަށަށް

    ޢަޅުގަނޑަށް ތިފަދަ މޯޓިވޭޝަން ލިބުނީ ޓިއުޝަން ޓީޗަރު ގެ ފަރާތުންނާ އާއިލާގެ ބޮޑުބޭބެ އިންނާ ބޮޑު ދައިތަމެންގެ ފަރާތުން ޓިއުޝަން އާންޓީ ބުނީ،،”ކަލެޔަށް ކުރެވޭނީ މިވެނި އޮފީހެއްގެ ސިކިއުރިޓި ވޮޗަރު ކަމޭ މިއަދު އަޅުގަނޑަކީ އެކަނި މާއެކަނި ބިޒިނަސް އެއް ހިންގާލުމުގެ ގާބިލް ކަން ލިބިފައިވާ ޑިގްރީ ހޯލްޑަރެއްޒަމާނީ ތައުލީމާ ޓެކްނޮލޮޖީ އަށް އަހުލުވެރި ގާބިލް ދިވެއްސެއް ﷲ އަށް ހަމްދު ކުރަން ދެއްވެވި ނިއުމަތައްޓަކާ ބޮޑުބޭ ގެވިހަ ބަސްތަކާއި ބޮޑުދައިތަގެ މަލާމާތާއި ފުރައްސާރަ އަކީ އަޅުގަނޑު ކުރިއަށްދިއުމަށް ލިބުނު ހިތްވަރު