ޚަބަރު

އެތުލެޓިކްސް އެސޯސިއޭޝަނާ ގުޅޭ ގޮތުން ޢާޒިމް ހެެއްދެވީ އިތުރުފުޅު: އެސޯސިއޭޝަން

ރައުފާ ރަޝީދު ، ދެން އޮންލައިން

އެތުލެޓިކްސް އެސޯސިއޭޝަނުގެ އިންތިޚާބު ބޭއްވުމުގެ ކުރިން އެ އެސޯސިއޭޝަނުގެ ޤަވާޢިދު ބަދަލުކުރި ކަމުގައި ވިދާޅުވެ، ރައްޔިތުން މަޖިލިހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ދެއްކެވި ވާހަކަފުޅަކީ އިތުރުފުޅެއް ކަމުގައި އެ އެސޯސިއޭޝަނުން ބުނެފިއެވެ.

Ads by Sosun Fihaara

އެސޯސިއޭޝަނުން މިހެން ބުނެފައިވަނީ ޢާޒިމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އާޒިމް ވަނީ އެ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދު ބަދަލުކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ.

"އެސޯސިއޭޝަންގެ ހިންގާ ޤަވާޢިދުގައި ކަނޑައެޅިގެން އެބަ އޮވޭ ދެދައުރު ކަމަށް ހުރެވެނީ. އިންތިހާބުގެ ކުރީ ދުވަހު ކައުންސިލް ބައްދަލުވުމަށްފަހު ނޫނިއްޔާމު އެސޯސިއޭޝަންގެ މެންބަރުންގެ ބައްދަލުވުމަށްފަހު ނިންމީ އަނެއްކާވެސް ތިން ދައުރު އިނދެވޭނެ" އާޒިމް ވިދާޅުވެފައި ވެއެވެ.

އެ އެސޯސިއޭޝަނާ މެދު ޙަޤީޤަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް ބަޔާނުގައި އެދިފައިވެއެވެ. އަދި އެސޯސިއޭޝަނުގެ ޤަވާޢިދަށް އެންމެ ފަހުން ބަދަލެއް ގެނެސްފައިވާނީ 2015 ވަނަ އަހަރުގައި ކަމަށް ވެސް ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެސޯސިއޭޝަނުގެ އަސާސީ ޤަވާޢިދަކީ ހޯމް މިނިސްޓްރީގެ އިތުރުން ކަމިޝަނަރ އޮފް ސްޕޯޓްސްގައި ރެޖިސްޓަރ ކޮށްފައިވާ ޤަވާއިދެއް ކަމުން އެ ދެ މުއައްސަސާގައި ވެސް މައުލޫމާތު ހުންނާނެ ކަމަށް ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!