ދުނިޔެ

ވެކްސިން ޖަހާނަން، ވެކްސިން ޖަހާތަން ލައިވް ޓީވީން ވެސް ދައްކާނަން!: ބަރަކް އޮބާމާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19އަށް ރައްކާތެރިވުމުގެ ގޮތުން ވެކްސިން ޖަހާނެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ބަަރަކް އޮބާމާ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އޮބާމާ މިހެން ވިދާޅުވެފައިވަނީ، ކޮވިޑް ވެކްސިން ނުޖަހާނެ ކަމަށް އެމެރިކާގެ 42 އިންސައްތައެއްހާ މީހުން ބުނެފައި ވާތީއެވެ.

ސިިރިއަސް އެކްސްއެމްސް ގެ "ދަ ޖޯ މެޑިސަން ޝޯ" ގައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ، އެމަނިކުފާނު ވެކްސިން ޖަހާނެ ކަމަށާއި، ވެކްސިން ޖަހާނެ މަންޒަރު ލައިވްކޮށް ނުވަތަ ވީޑިއޯ ކޮށްފައި ވެސް ދައްކާނެ ކަމަށެވެ.

އޮބާމާ ވިދާޅުވީ އެމަނިކުފާނު މިފަދައިން ކަންތައް ކުރައްވަން ނިންމެވީ، ސައިންސަށް އިތުބާރު ކުރައްވާކަން ދެއްކެވުމަށްޓަކައި ކަމަށެވެ.

"އަހަރެން ވެކްސިން ޖަހާނަން. އަދި ވެކްސިން ޖަހާ މަންޒަރު ލައިވް ކުރާނަން، ނުވަތަ ވީޑިއޯ ކޮށްފައި ދައްކާނަން. އެއީ އަހަރެން ސައިންސަށް އިތުބާރު ކުރާކަން ދެއްކުމަށްޓަކައި" އޮބާމާ ވިދާޅުވެފައިވެއެވެ.

މިއަދު ބޭއްވި އެ ޝޯގައި އޮބާމާ ވިދާޅުވީ، އެމަނިކުފާނު އިތުބާރު ނުކުރަނީ ކޮވިޑް ޖެހުމަށް ކަމަށެވެ.

ބަރަކް އޮބާމާގެ އިތުރުން ކޮވިޑް-19 ވެކްސިން ޖަހާނެ ކަމަށް، އެމެރިކާގެ ކުރީގެ ދެ ރައީސުން ކަމަށްވާ ބިލް ކްލިންޓަނާއި ޖޯޖް ޑަބްލިޔު ބުޝް ވެސް ވަނީ ވިދާޅުވެފައެވެ. މިތިން ރައީސުން ވެސް އަޒުމް ކަނޑައަޅާފައިވަނީ ވެކްސިނާ ބެހޭގޮތުން ރައްޔިތުން ބޮޑަށް ހޭލުންތެރި ކުރުވުމަށް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!