ޚަބަރު

"ބުރެވި"ގައި ޖެހިގެން ކަނޑުމަތިން ހާލުގައި ޖެހުނު ޝްރީލަންކާގެ ދެ މަސްބޯޓަކަށް އެހީތެރިކަން ފޯރުކޮށްދީފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޝްރީލަންކާ ކައިރިން އުފެދިގެން ދަތުރު ކުރަމުންދާ ތޫފާން "ބުރެވި"ގެ އަސަރުގައި ޖެހި މިސްރާބު އޮޅިގެން ކަނޑުމަތިން ހާލުގައި ޖެހުނު އެޤައުމުގެ ދެ މަސްބޯޓަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

Ads by Sosun Fihaara

އެމްއެންޑީއެފުން ބުނީ، ހާލުގައި ޖެހިފައިވާ ދެ ބޯޓު ހދ.ކުމުންދޫގެ ބޭރުން ފެނިފައިވަނީ އެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ "މޫސުން 7" ނަމަކަށް ކިޔާ ދޯންޏަކަށް ކަމަށެވެ. މި ދެ ބޯޓު ފެނިގެން މި ދޯނިން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯރޓްކޮށްފައި ވަނީ މިއަދު ހެނދުނު 08:33 ހާއިރު ކަމަށާއި ފެނުނު ދެ ބޯޓުގެ ތެރެއިން "ސެނެ ދުއާ" ނަމަކަށް ކިޔާ ބޯޓުގައި ފަސް ފަޅުވެރިން ތިބި އިރު "ޖެ ޕްރަސަންސަ ވެ" ނަމަކަށް ކިޔާ ބޯޓުގައި ހަ ފަޅުވެރިން ތިބި ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

"މި ދެ ބޯޓުގެ ހުރިހާ ފަޅުވެރިންގެ ހާލު ވެސް ރަނގަޅު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މިއަދު ހެނދުނު 10:45 ހާއިރު މި ދެ ބޯޓު ހދ.ކުޅުދުއްފުށީ ބަނދަރަށް ވަނީ ވައްދާފަ. އަދި މި ބޯޓުތަކާ ބެހޭ ކަންކަން ސަރުކާރުގެ ކަމާބެހޭ ގުޅުންހުރި އިދާރާތަކާއި ގުޅިގެން ދަނީ ކުރަމުން" އެމްއެންޑީއެފުން ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!