ޚަބަރު

އަޅުގަނޑުމެން ނިކުތީ ސަރުކާރު ވައްޓާލާކަށް ނޫން، އަޅުގަނޑުމެން ނިކުތީ ޢަބްދުﷲ ގާޟީގެ ޙައްޤުގައި: އަދުރޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އިދިކޮޅުން ނިކުތީ އެއިރުގެ ސަރުކާރު (ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރު) ވައްޓާލަން ނޫން ކަމަށް އިދިކޮޅު ޕީއެންސީ ގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

Ads by MWSC

ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ 7 ފެބްރުއަރީ ގައި ނިކުންނެވީ ވެރިކަން ވައްޓާލަން ނޫން ކަމަށާއި ނިކުންނެވީ ޢަބްދުﷲ ގާޟީގެ ޙައްޤުގައި ކަމަށެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޟީ (ޢަބްދުﷲ ގާޟީ) ވަނީ އެއްރޭ ދަންވަރު އެމަނިކުފާނު ދިރިއުޅުއްވާ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ސިއްރިއްޔާތުގައި ތަނެއްގައި ބަހައްޓަވާފައެވެ. ޢަބްދުﷲ ގާޟީ ރަހީނު ކުރީކަމަށް ތުހުމަތުކޮށް އެއިރުގެ އިދިކޮޅުން ވަނީ މާލޭ ގައި ސިލްސިލާ މުޒާހަރާތަކެއްކޮށް، ޣާޒީ މިނިވަން ކުރުމަށް ގޮވާލާފައެވެ. ނަމަވެސް ޢަބްދުﷲ ގާޟީ މިނިވަން ކޮށްފައިވަނީ އެއިރުގެ ސަރުކާރާއި ދެކޮޅަށް ބައެއް ފުލުހުންނާއި ސިފައިން ނުކުތްފަހުން، ރައީސް ނަޝީދު ވެސް މަޤާމުން އިސްތިއުފާ ދެއްވުމަށް ނިންމެވުމުންނެވެ.

އިތުރު ތަފްސީލު އަންނަނީ

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!