ލައިފްސްޓައިލް

ބައެއް މީހުން ތިބާ ދެރަކުރުމަށްފަހު، ތިބާގެ ބޮލުގައި ތިބާ އެމީހުން ދެރަކުރި ކަމުގެ އިލްޒާމް އަޅުވައެވެ.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ތުހުމަތު ކުރަނީއެވެ. ނުކުރާ ކަމެއްގެ އިލްޒާމު ބޮލުގައި އަޅުވަނީއެވެ. ތާއަބަދުމެ މަގޭ ސިކުނޑީގައި ވަނީ ލިބުނު ކެހިވެރި އަނިޔާގެ މަންޒަރުތަކެވެ. އެހެނަސް ބުނަނީ ބޭވަފާވީ އަހަރެން ކަމަށެވެ. މިއީ ހާދަހާ ހެއްވާ ކަމެކެވެ. ދުނިޔޭގެ އުސޫލަކީ މިއީ ބާވައެވެ. ބުނަން ބޭނުން އެތައް ވާހަކަތަކެއް އެބަވެއެވެ. ކުރަން ބޭނުން އެތަކެއް ސުވާލު ތަކެއް އެބަވެއެވެ. އެހެނަސް އަހަރެން ގަސްތު ކުރީ ހަނު ހުންނާށެވެ.

Ads by STELCO

އަހަރެންނާއެކު އުޅުނުއިރުގައި ތާއަބަދު އެކުއެކީގައި ޖެހިހާ ސަކަރާތެއް ޖަހައި އެންމެ ފަހު ވަގުތު ފައިމައްޗަށް އެއްލާލީ ފޮއެއެވެ. ތަދުވިއެވެ. ބޭރުތެރެއަށް ނުފެނުނު ނަމަވެސް މިއަދު ވެސް އެ ޒަޚަމުތަކުގެ ނިޝާންތައް އަހަރެންގެ ހިތުގައި ވެއެވެ. ނުވިސްނާން ބޭނުން އެތައް ކަމެއް އޭނާ ފެނުމުން އަބަދު ވެސް ވިސްނެއެވެ. މަގެއްގެ މަތިން ފެނުނަސް ހަނދާން ވަނީ އަހަރެންނާ އެކު އޭނާ ހޭދަކުރި އުފާވެރި ދުވަސްތަކުގެ މަތިންނެވެ.

އެހެންނަމަވެސް މުޖުތަމައުގައި ބޭޒާރުވީ އަހަރެންނެވެ. ބިކަވެ ބާކީވީ އަހަރެންނެވެ. ކުށްވެރިވީ ވެސް ހަމަ އަހަރެންނެވެ. މިއީ ކޮންކަހަލަ އިންސާފެއްތޯއެވެ؟ އުފުލަން ޖެހުނު ވޭނާއި ބުރަތަކުގެ އިތުރުން ދުނިޔޭގެ ފަލީހަތްތަކާ ވެސް ކުރިމަތިލާން މި ޖެހުނީ ހަމަ އަހަރެންނެވެ. ކަން ކުރީ އޭނައެވެ. ނަންވީ އަހަރެންނެވެ. އެހެންނަމަވެސް ދަންނަވަންތޯއެވެ. މިއަދު ވެސް އޭނާއަށް ދެރައެއް ލިބުމަށް އަހަރެން ބޭނުމެއް ނުވެއެވެ. މިއަދު ވެސް އޭނާއަށް ޓަކައި އަހަރެންގެ ހިތުގައި ވާ ލޯތްބަށް ކުޑަ ވެސް ފަނޑުވުމެއް ނުވެއެވެ.

ފަހަރުގައި އޭނާއަށް މިހާރު މަށަކީ އެއްވެސް މީހަކަށް ނުވެދާނެއެވެ. ނަމަވެސް މިއަދު ވެސް އަހަރެންގެ ހިތުގައި ރަނިކަން ކުރަމުން ދާނީ އޭނައެވެ. އެހެންމީހަކާއެކު އަތުގުޅައިގެން މަގުމަތިން ނޫނީ ސައިކަލުގެ ފަހަތުގައި ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތުގައި އުފެދިފައިވާ ޒަޚަމުތަކުގެ މައްޗަށް މިރުސް އަޅާ ކަހަލައެވެ. ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ލޯ ފެނުން ބަރާވެއެވެ. އެދުވަހު އެއްކޮށް އުޅުނު ލޯބިވެރިޔާ މިއަދު މަގުމަތިން ފެނުނު ނަމަވެސް ދަންނަ މީހަކަށް ނުވިއެވެ.

ހަގީގަތުގައި އަހަރެން އޭނާއަށް އެއްވެސް ކެއްސެއް ނުދެމުއެވެ. ބަދަލުގައި ކެހި ލިބުނީ އަހަރެންނަށެވެ. އެވެސް ވަރަށް ހިތިކޮށެވެ. އެހެނަސް މުޖުތަމައުގައި ބޭޒާރުވެ ފަލީހަތް ވީ އަހަރެންނެވެ. ދެކެވޭ ވާހަކަތަކުން އަހަރެން އޭނާ އަބަދު ވެސް ދެރަ ކުރަނީ އެވެ. އޭނާގެ މޫނުމަތިން އެ ރީތި ހަނދުވަރެއް ފަދަ ހިނިތުންވުން ހޯދުމަށް އަހަރެން ނުކުރަނީ ކޮން މަސައްކަތެއް ހެއްޔެވެ؟ އެހެނަސް ދެރަކުރާކަމަށް ނަންވީ ވެސް އަހަރެންނެވެ.

Ads by Allied Insurance
  1. ޢާއިސާަ

    މިއީި ތެދުހަގިީގަތް