މާލޭގައި ކޮންމެ 3 ބިދޭސީއަކުން އެކަކަށް ވަނީ ކޮވިޑް-19 ޖެހިފައި

މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ކޮންމެ ތިން މީހުންގެ ތެރެއިން އެކަކަށް ވަނީ ކޮވިޑް-19 ޖެހިފައިވާ ކަމަށް މާލޭގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ބެލުމަށް ހެދި ދިރާސާއިން ދައްކައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އާއި އެމްއެންޔޫ ގުޅިގެން މާލޭގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ބެލުމަށް ކުރިއަށް ގެންދިޔަ ދިރާސާގެ މައުލޫމާތު އާންމު ކުރައްވަމުން އެމްއެންޔޫގެ ޑިރެކްޓަރ އޮފް ރިސާޗް ޑރ.ރަހީމާ އަބްދުއްރަހީމް ވިދާޅުވީ މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން 33 އިންސައްތަ މީހުނަށް ކޮވިޑްް-19ޖެހިފައިވާ ކަމަށެވެ. އެއީ ކޮންމެ ތިން މީހެއްގެ ތެރެއިން އެކަކެވެ.
އަދި މާލޭގައި ދިރިއުޅޭ ކޮންމެ 11 ދިވެހިންގެ ތެރެއިން އެކަކަށް ވެސް ކޮވިޑް-19 ބަލި ޖެހިފައެވެ.
ޑރ.ރަހީމާ އިތުރަށް ވިދާޅުވީ ވިދާޅުވީ މާލޭގެ އާބާދީގެ 13.4 އިންސައްތަ މީހުނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ބެލެވޭ ކަމަށެވެ. މާލޭގެ އާބާދީ އަކީ 208000 މީހުން ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ތިހާ ޔަގީންކަން އޮތީއްޔާ އެންމެން ޓެސްޓް ކުރަންވީނުދޯ…