ޚަބަރު

އިންޑިއާ އަށް ދިޔަ ބޯޓުން 3 މީހުން ފައްސިވެފައިވޭ: މަބްރޫކް

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާ އަށް ދިޔަ ބޯޓުން ތިން މީހުން ފައްސިވެފައިވާ ކަމަށް ކޮވިޑްގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

Ads by STELCO

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ރާއްޖެއިން އިންޑިއާއަށް ދިޔަ އެޤައުމުގެ ރައްޔިތުންގެ ތެރެއިން ތިން މީހަކު ފައްސިވެއިވާކަން ރަސްމީކޮށް ދިވެހި ސަރުކާރަށް އަންގާފައިވާކަމަށެވެ.

ފައްސިވި އިންޑިއާ ތިން މީހުންނަކީ ރާއްޖޭގެ ބައިސަން ނަމަކަށް ކިޔާ ކުންފުންޏެއްގައި މަސައްކަތްކުރާ ބައެއްކަމަށާއި، އެހެންކަމުން އެމީހުންނާއި ސީދާ ދިމާވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އަނބުރާ ޤައުމަށް ދިޔަފަހުން އިތުރު ބަޔަކު ފައްސިވިކަން ދެކެވެމުންދާ ވާހަކަތައް ކަށަވަރުކުރުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ކުރަމުން އަންކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން ބަޔަކު ތިންފަހަރެއްގެ މަތިން އަނބުރާ ޤައުމަށް ފޮނުވާފައިވެއެވެ. އެގޮތުން ފުރަތަމަބުރު ގައި 698 މީހުން އަދި ދެވަނަބުރު 202 މީހުން އަދި ތިންވަނަ ބުރުގައި 588 މީހުން ވަނީ އެޤައުމަށް ފުރުވާލާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!