2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ އެމްޑީޕީން، އެކަމުގައި ޝައްކެއް ނެތް: ރައީސް ނަޝީދު
2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ އެމްޑީޕީން ކަމަށާއި އެކަމުގައި އެއްވެސް ޝައްކެއް ނެތް ކަމުގައި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރޭ ކުރިއަށްދިޔަ "އާސްކް ސްޕީކަރ" ޕްރޮގްރާމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއިން ކާމިޔާބު ކުރާނެ ކަމުގެ ސަތޭކަ އިންސައްތަ ޔަގީންކަން އެބައޮތް ކަމަށާއި އެކަމާމެދު އެއްވެސް ވަރަކަށް ޝައްކު ނުކުރާ ކަމަށެވެ.
"ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީ އަށް މި ރާއްޖޭގައި ދެން އޮންނަ އިންތިހާބެއް ކާމިޔާބު ކުރުމާ ގުޅޭ ގޮތުން އެއީކީ އަޅުގަނޑު ހިތުގައި ކުޑަ ކޮށް ވެސް ޝައްކު އުފެދޭ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީން މިހާތަނަށް ރިޔާސީ އިންތިހާބު ދެ ފަހަރު ކާމިޔާބު ކޮށްފައިވެއެވެ. އެއީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2018 ވަނަ އަހަރު ބޭއްްވި ރިޔާސީ އިންތިހާބެވެ. ނަމަވެސް 2008 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް ވަޑައިގެންނެވި ރައީސް ނަޝީދު ވަނީ ދައުރުގެ މެދުން އިސްތިއުފާ ދެއްވާފައެވެ.
އިންޑިޔާއިން އޮތީ ދިވެހިން މަރަން ތައްޔާރަށް އެހެން ގޮތަކަށް ދަންޏާ