ދުނިޔެ

އަލަށް އިމާރާތް ކުރި ގޭގެ ފާރެއްގެ ތެރެއިން ފެނުނީ ކުޑަކުއްޖެއްގެ ބިރުވެރި މޫނު!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދާދި ފަހުން ސޯޝަލް މީޑިޔާގައި ވަރަށް އާންމުވި ފޮޓޯ އެކެވެ. ފޮޓޯ އިން ފެންނަނީ ފާރެއްގެ ތެރެއިން ނުކުމެފައިވާ ބުދެއްގެ މޫނެވެ. ބަލާ ބެލުމަށް ކުޑަ ކުއްޖެއްގެ މޫނު ރަމްޒު ކޮށްދޭފަދަ ބުދަކާ ވައްތަރެވެ. މި ފޮޓޯއާ ގުޅިގެން އެކި މީހުންގެ ވާހަކަތައް އައީ އެކި ގޮތް ގޮތަށެވެ. ބައެއް މީހުން ވަނީ ބިރުވެރި ކަމެއްގެ ގޮތުގައި ވެސް މިކަން ސިފަ ކޮށްފައެވެ.

Ads by WAMCO

މިއީ ނިއު ޔޯކްގެ އަންހެނަކަށް ދިމާވި ހާދިސާ އެކެވެ. އާ ގެއަކަށް ބަދަލުވެ އުފާވެރި ދިރިއުޅުމެއް ފެށުމަށް ދުށް ހުވަފެން ފާރުން ފެނުނު ބުދުގެ ސަބަބުން ފެނަށް ވީ އެވެ. އާދަޔާޚިލާފު ގޮތަކަށް އެ ބުދު ފެނުމުން އެ އަންހެންމީހާ ވަނީ އެގެ ދޫކޮށްލާފަ އެވެ.

މި ބުދުގެ ފޮޓޯ ސޯޝަލް މީޑިޔާ ގައި ހިއްސާ ކޮށްފައި ވަނީ އޭނާގެ ކޮއްކޮއެވެ. އަދި އެ ފޮޓޯގެ ތިރީގައި " ނިއު ޔޯކް ގައި ދިރިއުޅޭ ހަމައެކަނި ދިރިހުރި މަރުވެފައިވާ ކުއްޖާ " ލިޔެފައިވެއެވެ. 300000 އަށް ވުރެ ގިނަ މީހުން ވަނީ މި ޕޯސްޓް ޝެއާރ ކޮށްފައެވެ. އަދި ގިނަ އަދަދެއްގެ މީހުން ވަނީ ކޮމެންޓް ވެސް ކޮށްފައެވެ.

ބައެއް މީހުން ވަނީ އެގޭގައި ދިރިއުޅެން ރައްކާތެރި ނޫން ކަމުގައި ބުނެފައެވެ. ނަމަވެސް ބައެއް މީހުން ބުނާ ގޮތުގައި މީގެ 60 އާއި 70 ގެ އަހަރު ތަކުގައި މީހުން ގެތައް ޒީނަތްތެރި ކުރުމުގެ ގޮތުން އިމާރާތް ކުރުމުގައި ފާރުގައި އެގޮތަށް ބުދު ހަރުކުރެއެވެ. އެހެންކަމުން އެއީ އެފަދަ ބުދަކަށް ވެސް ވެދާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!