ކުޅަނދުރުތަކުގެ ރާނީ މުށުތެރެއަށް ލައިގެން ކުޅަނދުރު ބައިގަނޑެއް އެހެން ތަނަކަށް ގެންގޮސްފި
ދުނިޔޭގައި ތަފާތު އެކި ކަންކަން ކުރާ ހުނަރުވެރި މީހުން އުޅެއެވެ. ބައެއް މީހުން ކުރާ ކަންކަމަކީ މީހާ ސިއްސައިގެން ގޮސް އަޖައިބުވެ އަންތަރީސްވާ ކަންކަމެވެ.
މިފަހަރު ވެސް އެފަދަ ވާހަކައެކެވެ. ދާދިފަހުން މީސްމީޑިއާގައި ދައުރުވި ވީޑިއޯއެއްގައި ފެންނަނީ ވަރަށް ވެސް ތަފާތު މަންޒަރެކެވެ. މީހަކު ކުޅަނދުރު ހަތައެއް އެ އޮތްތަނުން އެހެން ތަނަކަށް ގެންދާ މަންޒަރެވެ. ތަފާތު މަންޒަރަކީ އޭނާ ކުޅަނދުރު ބައިގަނޑު ގެންދިޔައީ ވައަތުގައި ކަމެވެ. އޭނާގެ އަތު ފުރާ ކުޅަނދުރު އޮތް އިރު ކުޅަނދުރުގެ ރާނީ އޮތީ މުށު ތެރޭގައި ކަމަަށް އޭނާ ބުންޏެވެ.
މިގޮތަށް އަތަށް އަރުވައިގެން ކުޅަނދުރު ގެންދާތީ ގިނަބަޔަކު ވަނީ ކަށި ނުޖަހާތޯ ސުވާލު ކޮށްފައެވެ. ޖަވާބު ގައި އޭނާ ބުނީ ކުޅަނދުރު ތަކަށް ވެސް އޭގެވެރިމީހާ އެނގޭނެ ކަމަށެވެ. މީގެ އިތުރުން ބައެއް މީހުން ވަނީ އޭނާގެ މުށު ތެރޭގައި ރާނީ ކުޅަނދުރު އޮތްތޯ ސުވާލު ކޮށްފައެވެ. މިކަމަށް އޭނާ ވަނީ އެއްބަސް ވެފައެވެ.
މި މީހާ ކުޅަނދުރުތައް އެހާ ފަސޭހަ ކަމާއެކު ގެންދާތީ އެކަމާ މީހުން ސުވާލުކުރުމުން ބުނީ ރާނީ ކުޅަނދުރު ރައްކާތެރިކޮށް އޮތްހާ ހިނދަކު ބާކީ ތިބި ކުޅަނދުރުތައް ވެސް އެއަށް ތަބާ ވާނެ ކަމަށެވެ.
އޭނާ ކުޅަނދުރު ގެންދިޔައީ ފޮށިގަނޑެއްގެ ތެރެއަށް ލުމަށް ކަމުގައި ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ. އަދި އެކަން އޭނާ ވަނީ ކާމިޔާބު ވެސް ކޮށްފައެވެ.