ދުނިޔެ

އެންމެންގެ މޫނުމަތިން ހިނިތުންވުން ފެންނަމުންދާ މި ފޮޓޯގެ ބިރުވެރިކަން އެނގޭތަ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ޖިންނި ޝައިތޯނުންނަކީ އިންސާނުންނެކޭ އެއްފަދައިން މިދުނިޔޭގައި ލައްވައިފައިވާ މަޚުލޫގެކެވެ. އެބައިމީހުންގެ ތެރޭގައި މުއުމިނު އަދި ކާފަރު ޖިންނީން އުޅެއެވެ. އަދި އެބައިމީހުން ފޮޓޯތަކަށް އަރާ ވާހަކައަކީ ދެކެވޭ ވާހަކަތަކެކެވެ. އެގޮތުން މަތީގައި އެވާ ފޮޓޯއަކީ ވެސް ހަމަ އެފަދަ ފޮޓޯއެކެވެ.

Ads by Sosun Fihaara

2010 ވަނަ އަހަރު ވޯލްޑް ކަޕް ބެލުމަށް ގިނަ ރައްޓެހިން ތަކެއް އެއްވެގެން ނަގައިފައިވާ މި ފޮޓޯއަކީ ބަލާ ބެލުމަށް ވަރަށް ވެސް އުފާވެރި ފޮޓޯއެކެވެ. އެންމެންގެ މޫނުމަތިން ފެންނަމުން ދަނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. ފުޓުބޯޅަ މެޗު ބެލުމަށް އެންމެންވެގެން ނަގައިފައިވާ ޖޯޝާއި ފޯރި މި ފޮޓޯއިން ހާމަވެގެން ދެއެވެ. އެހެންނަމަވެސް މި ފޮޓޯއާ މެދު ދެކެމުން ދާގޮތް ބަދަލު ކޮށްލީ ފޮޓޯގެ ފަހަތުގައިވާ ބިރުވެރި މަންޒަރުންނެވެ.

މި އެންމެން ފޮޓޯ ނަގައިފައި ވަނީ އަލަށް އިމާރާތް ކުރެވެމުން ދާ އިމާރާތެއްގެ ކުރިމަތީގައި ތިބެގެންނެވެ. ހައިރާންވާ މަންޒަރަކީ ހަދަމުންދާ އެ އިމާރާތުގެ ކުޑަދޮރުން ހުދު ކުލައިގެ ހެދުމެއް ލައިގެން އެމީހުންނާ ދިމާލަށް ބަލަން ހުއްޓިލައިގެން ހުރި މަންޒަރެވެ. ފޮޓޯ ނެގި ވަގުތު އެއްވެސް މީހަކަށް އެމަންޒަރު ފާހަގަވެފައެއް ނުވެއެވެ.

އެހެންނަމަވެސް މެޗު ބަލާ ނިންމާލުމަށްފަހު، އެންމެން ހަމަޖެހިލައިގެން ފޮޓޯތައް ބަލަމުން ދިޔަ އިރު އެ ގުރޫޕުން އެކަކަށް ވަނީ އެމަންޒަރު ފާހަގަވެފައެވެ. އަދި އެހިސާބުން ފޭސްބުކުގައި އެ ފޮޓޯ ހިއްސާ ކުރެވިގެން ދިޔައެވެ. މާ ގިނަ އިރުތަކެއް ނުވަނީސް ގިނަ ބައެއްގެ ސަމާލުކަން އެ ފޮޓޯއަށް ލިބިގެން ދިއުމާއެކު ފޮޓޯއާ ބެހޭގޮތުން އެކި ކަހަލަ ވާހަކަ އެ ޕޯސްޓުގެ ކޮމެންޓު ސެކްޝަންގައި ފުރި ބަރާވަމުން ވެސް ދިޔައެވެ.

 

Ads by HDC
  1. އަމާ

    އެއީ ސިމެންތި ބަސްތާއެއް