ލައިފްސްޓައިލް

ކޮވިޑް-19 ވެކްސިން އިންޑިއާ ސަރުކާރަށް ގަންނަން ލިބެނީ 52 ރުފިޔާއަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ދުނިޔޭގެ އެންމެ ބޮޑު ވެކްސިން ކާރުހާނާ ސެރަމް އިންޑިއާއިން، އިންޑިއާ ސަރުކާރަށް ކޮވިޑް-19 ވެކްސިން ޑޯޒެއް އެންމެ 250 އިންޑިއަން ރުޕީސްއަށް ވިއްކަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

Ads by STELCO

ދިވެހި ރުފިޔާއިން ބަލާނަމަ އެއީ 52 ރުފިޔާއެވެ.

ސެރަމް އިންޑިއާ އިން އިންޑިއާ ސަރުކާރަށް ފޯރުކޮށްދިނުމަށް ނިންމާފައިވަނީ 300 މިލިއަން މީހުންނަށް ދެވޭ ވަރުގެ ވެކްސިންއެވެ.

އަންނަ އަހަރު ކުރީކޮޅުގައި ވެކްސިން ފޯރުކޮށްދެވޭނެ ކަމަށް ބެލެވޭއިރު، ރިޕޯޓުތައް ބުނާ ގޮތުގައި އިންޑިއާ ސަރުކާރުން އެންމެ ފުރަތަމަ ގަންނާނެ ކަމަށް ބެލެވެނީ އެސްޓްރަޒެނީކާގެ ވެކްސިންއެވެ. މީގެ އިތުރުން ވެސް އިތުރު 3 ވެކްސިނެއް ގަތުމަށް އިންޑިއާ ސަރުކާރުން ވަނީ ނިންމާފައެވެ.

އިންޑިއާގެ ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ސެރަމް އިންޑިއާއިން އެހެން ގައުމުތަކަށް ވެކްސިންގެ ޑޯޒްތައް ފޮނުވުމުގެ ކުރިން އެންމެ ބޮޑު އިސްކަމެއް ދީގެން ވެކްސިން ފުރަތަމަ ދޭނީ އިންޑިއާގެ ރައްޔިތުންނަށެވެ.

 

Ads by Allied Insurance
  1. އިންޑިޔާ މީހުނަށް ތީ ބޮޑު އަގެއް