ދުނިޔެ

އިންޑިއާގައި ގޮތްނޭނގޭ ބައްޔެއްޖެހި އެޑްމިޓް ކުރި މީހުންގެ އަދަދު 500 އަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންޑިއާގައި ގޮތް ނޭނގޭ ބައްޔެއް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރި މީހުންގެ އަދަދު 500 އަށް އަރައިފިއެވެ.

Ads by WAMCO

އެގައުމުގެ އޮފިޝަލުން ވިދާޅުވެފައި ވަނީ އިންޑިއާއިން ފެނިފައިވާ ގޮތް ނޭނގޭ ބައްޔެއް ޖެހިފައިވާ މީހުންގެ ގައިން ސާމްޕަލް ނަގައި ކުރި ތަހުލީލުތަކުން އެނގޭ ގޮތުގައި ބަލި މީހުންގެ ލެއިން ގިނަ އަދަދަކަށް ދަގަނޑުގެ އިތުރުން ނެކެލް ކިޔާ މައުދަނެއްގެ އަސަރު ފެންނަ ކަމަށެވެ.

ބަލި ތަހްލީލް ކުރަމުން ދާ ޓީމުން މި ބަލި ދެނެގަތުމުގެ މަސައްކަތް ކުރަމުން ދާއިރު ފުރަތަމަ 10 މީހެއްގެ ލޭ ނަގައި ވަނީ ޓެސްޓު ކޮށްފައެވެ. އިންޑިއާގެ އާންދްރަ ޕްރަދޭޝް އިން ފެންނަން ފެށި މި ބަލި ޖެހޭ މީހުންގެ ހަށިގަނޑުން ފިޓް ޖެހުމާއި،ވާގިނެތުމާއި ހޭނެތި ހާސްވުން ފަދަ ކަންކަން ފެންނަކަމަށް އެގައުމުގެ އޮފިޝަލުން ވަނީ ބުނެފައެވެ.

އިންޑިއާ އަކީ ދުނިޔޭގެ ނިސްބަތުން ދެވަނަޔަށް އެންމެ ގިނައިން ކޮވިޑް-19 އަށް ފައްސިވާ މީހުން ރެކޯޑް ކުރެވިފައިވާ ގައުމެވެ. އެގޮތުން މިހާތަނަށް އިންޑިއާގެ އާންދްރަ ޕްރަދޭޝް އިން 800،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސި ވެފައިވެއެވެ.

އެހެންނަމަވެސް މި ، ގޮތް ނޭނގޭ ބަލީގައި އެޑްމިޓް ކުރެވުނު ބަލިމީހުން ކޮވިޑަށް ނައްސި ވެފައި ވާކަމަށް އޮފިޝަލުން ބުނެފައިވެއެވެ. ބަލިޖެހިގެން މިހާތަނަށް 505 މީހުން އެޑްމިޓް ކޮށްފައިވާއިރު އެކަކު މަރުވެފައިވާ ކަމަށް ވެސް އެގައުމުގެ ސިއްހީ އޮފިޝަލުން ބުނެފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!