އޮންލައިންކޮށް ވާހަކަ ދެއްކުމުން ލޯބީގެ ގުޅުން އިތުރަށް ވަރުގަދަވެގެންދޭ: ދިރާސާ

އޮންލައިންކޮށް ލޯބިވެރިން ހޯދުމަށް ވާހަކަ ދައްކާ މީހުން އެ ވާހަކަ ދައްކާ މީހާއާ ގުޅުމެއް އޮތްނަމަ ، އެންމެ 30 ސިކުންތުގެ ވީޑިއޯ ކޯލެއްގެ އެހީގައި އެނގޭ ކަމަށް ފަހުގެ ދިރާސާ އަކުން ދައްކައިިފިއެވެ.
ކޮވިޑް-19ގެ ފުރަބަންދާ ގުޅިގެން އޮންލައިންކޮށް ލޯބިވެރިން ހޯދާ މީހުންގެ އަދަދު 36 އިންސައްތަ އިތުރުވެފައިވާ ކަމަށް ވެސް މި ދިރާސާ އިން ވަނީ ދައްކާފައެވެ. އެގޮތުން ގިނަ ބަޔަކު ވަނީ އޮންލައިންކޮށް ރައްޓެހިވެގެން އުޅުމަކީ މާ ފައިދާހުރި ގޮތެއް ކަމަށް ވެސް ބުނެފައެވެ.
މީގެ ތެރެެއިން ބައެއް މީހުން ބުނާ ގޮތުގައި، ފުރަބަންދަށް ފަހުގައި ވެސް އެމީހުން ލޯބީގެ ގުޅުން ބަދަހި ކުރާނީ އޮންލައިން ކޮށެވެ.
"ވާރޖިން މީޑިއާ" ނަަމަކަށް ކިޔާ ބޭރުގެ މީޑިއާއަކުން ހިންގި ދިރާސާއަކުން ދައްކާ ގޮތުގައި އޮންލައިންކޮށް ވާހަކަ ދެއްކުމުން ލޯބީގެ ގުޅުން އިތުރަށް ވަރުގަދަވެގެން ދެއެވެ. އަދި އޭގެ ސަބަބުން ފުރަތަމަ ފަހަރަށް މީހަކާ ވާހަކަ ދައްކާއިރު ވެސް ފަސޭހަ ވެގެންދާ ކަމަށް ދިރާސާއިން ދައްކައެވެ.
އޮންލައިންކޮށް ލޯބީގެ ގުޅުން ބޭއްވުމަކީ ފައިސާ އާއި ވަގުތުވެސް ސަލާމަތް ވާ ކަމެއް ކަމަށް މި ދިރާސާ އިން ވަނީ ދައްކާފައެވެ. އެގޮތުން ލޯބިވެރިޔާ ގޮވައިގެން ކާން ގޮސް ހޭދަކުރާ ފައިސާތައް އޮންލައިންްކޮށް ގުޅުން ބޭއްވުމުން ހޭދަކުރަން ނުޖެހޭނެ ކަމަށާއި އަދި އެ ވަގުތުތައް ވެސް ސަލާމަތް ވެގެންދާ ކަމަށް ދިރާސާއިން ދައްކައެވެ.
މި ދިރާސާގައި ބައިވެރިވި 1000 މީހުންގެ ތެރެއިން 55 އިންސައްތަ މީހުން ބުނެފައިވަނީ ދިމާވެގެން ލޯބީގެ ގުޅުން ވަރުގަދަވާ ވަރަށްވުރެ އަވަހަށް އޮންލައިންކޮށް ލޯބީގެ ގުޅުން ވަރުގަދަ ވާ ކަމަށެވެ.