ދުނިޔެ

އިސްރާއިލަށް ފައިޒަރ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ލިބިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

އިސްރާއިލުން އޯޑަރުކުރި ފައިޒަރ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް އެގައުމަށް ލިބިއްޖެއެވެ.

Ads by WAMCO

ފައިޒަރ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް އިސްރާއިލަށް ލިބިފައިވީ ނަމަވެސް އެގައުމުން އަދި ވެކްސިން ބޭނުން ކުރުމުގެ ހުއްދައެއް ނުދެއެވެ. އިސްރާއިލަށް ވެކްސިން ލިބުމާއެކު އެންމެ ފުރަތަމަ ވެކްސިން ޖަހާނީ އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ކޯވިޑް-19 އަށް ޚާއްސަ ފައިޒަރ ވެކްސިން މި ސަރަހައްދުގެ އެއްވެސް ގައުމެއްގައި ބެހެއްޓެން ނެތް ކަމަށް މީގެ ކުރިން ޑރ.ފައިސަލް ވަނީ ވިދާޅުވެފައެވެ. ފައިޒާގެ ވެކްސިން ބަހައްޓަން ޖެހެނީ މައިނަސް 70ޑިގްރީ ފިނިހޫނުމިނުގައެވެ. އެހެންކަމުން އެ ވެކްސިން ބަހައްޓާނެ ގޮތެއް މި ސަރަހައްދުގެ އެއްވެސް ގައުމެއްގައި ނެތް ކަމަށް ޑޮކްޓަރ ފައިސަލް ފާހަގަ ކުރެއްވިއެވެ.

ފައިޒަރގެ ވެކްސިނަކީ ކޮވިޑް-19 އަށް 95 އިންސައްތަ ރައްކާތެރިކަން ކަށަވަރުކޮށްދޭ ވެކްސިނެއްކަމަށް އެންމެ ފަހުގެ ޓެސްޓުތަކުން ދައްކައެވެ. އިސްރާއިލުން އަދި ވެކްސިން ބޭނުންކުރުމުގެ ހުއްދައެއް ނުދިން ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ލިބިގެންދާނެ ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފައިޒަރ އަދި ބައޯންޓެކްގެ ވެކްސިން 43،500 މީހުންގެ ގަޔަށް ޖަހާ ޓެސްޓު ކޮށްފައިވެއެވެ. އަދި މި ވެކްސިން ޖެހި މީހުންގެ ދިފާއީ ނިޒާމުގައި ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރާކަން ފާހަގަ ވެފައިވާ ކަމަށް ސައިންސްވެރިން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!