ދީން

ރަމަޟާން މަސް ނިމުމުން ވެސް ހެޔޮ އަމަލުކުރުމުގައި ދެމި ތިބުމަށް ހުތުބާގައި ގޮވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ރަމަޟާން މަސް ނިމުމުން ވެސް ހެޔޮ އަމަލުކުރުމުގައި ދެމި ތިބުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

Ads by MWSC

މިއަދު އިއްވި ހުކުރު ހުތުބާގައި ބުނެފައި ވަނީ ރަމަޟާން މަހަކީ ހެޔޮ ކަމުގެ މޫސުމަކަށް ވާތީ އެ މަހުގެ ސާލިހު އަމަލުކުރުމަށް ޝައުގުވެރިވީ ފަދައިން ރަމަޟާން މަސް ނިމުމުން ވެސް ހެޔޮ އަމަލުކުރުމުގައި ދެމި ތިބެން ޖެހޭ ކަމަށެވެ.

ރަމަޟާން މަހަށް ފަހުގައި ވެސް ކިޔަމަންތެރިކަމުގައި ދެމި ތިބުމުގެ ތައުފީގު ލިބުމަކީ ﷲ ތައާލާ އަޅަމެންގެ ހެޔޮ އަމަލުތައް ގަބޫލު ކުރެއްވިކަމުގެ އަލާމާތްތަކުގެ ތެރެއިން ވާ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އެގޮތުން ﷲ އާ ކުއްތަންވުމަށް ކުރާ އަމަލުތަކުގެ ތެރެއިން އެންމެ ހެޔޮ އަމަލަކީ މުސްލިމުންހެ މައްޗަށް ﷲ ފަރުޟުކުރެއްި ކަންތައްކެވެ. އެއަށް ފަހު ސުންތައް ކަންތައްކެވެ. އަދި ރަމަޟާން މަސް ނިމުމަށ ފަހުގައި ވެސް ފަރުޟުތަކަށް ރައްކާތެރިވެ ގުރްއާން ކިޔެވުމުގައި ދެމި ތިބުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.

"މިއަދު ﷲ ތައާލާގެ މިންވަރުފުޅުން މިވަނީ ވަރުގަދަ އިމްތިހާނަކާ ކުރިމަތި ކުރައްވާފައެވެ. މި ދަނޑިވަޅުގައި ހުކުރު ނަމާދު މިސްކިތުގައި ނުކުރެވޭ ރަށްރަކުގެ އަހުލުވެރިން ވެސް ގޭގަގައި މެންދުރު ނަމާދާއި، އެހެން ނަމާދުތައް އަދާކޮށް، މިކަމުން ސަލާމަތް ކޮށްދެއްވުން އެދި މަސައްކަތް ކުރުމަށް ނަސޭހަތްތެރިވަމެވެ. އެގޮތުން ކުރަންވީ ފުރުތަމަ ކަމަކީ ކެތްތެރިވުމެވެ. އެއާ އެކު ފަރުޟު ފަސް ނަމާދަށް ފަރުވާ ބެހެއްޓުމާއި، ސަޖިދައިގައި ގިނަގިނައިން ފާފަ ފުއްސެވުމަށް އެދި ދުއާ ކުރުމާއެކު ސަބަބުތަކުގައި ހިފުމެވެ.

ހުތުބާގައި ވަނީ ސައިބޯނި ލައިގެން އަތް ދޮވުމާއި އާއްމު ސާފުތާހިރުކަމާއި ގައިދުކުރުކަން ދެމެހެއްޓުމާއި ޒަރޫޒީ ކަމެއް މެދުވެރިވެގެން މެނުވީ ގެއިން ބޭރަށް ނުނުކުތުމަށް ގޮވާލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!