މާލެއިން ރަށްރަށަށް ދާނަމަ އަދިވެސް ކަރަންޓީނު ވާންޖެހޭ
އެޗްޕީއޭގެ އުސޫލުތަކަަށް މިއަދު ގެނައި ބަދަލުތަކާއެކު ވެސް މާލެ ސަރަހައްދުން އެހެން ރަށްރަށަށް ދާ ފަރާތްތަކުން ކަރަންޓީނު ވާންޖެހޭނެއެވެ.
އެޗްޕީއޭއިން މިއަދު ވަނީ ކޮވިޑް-19 އާ ގުޅިގެން އަޅާފައި އޮތް ތިން ފިޔަވަޅަކަށް ލުއި ދީފައެވެ.
ނަމަވެސް މާލެއިން ރަށްރަށް ކަރަންޓީނަށް ދާ ފަރާތްތަކަަށް އެއްވެސް ލުޔެއް ދީފައެއް ނުވެއެވެ. އަދިވެސް ރަށްރަށް ދާ ފަރާތްތައް 10 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ވާން ޖެހޭނެެއެވެ.
މިއަދު ގެނައި ބަދަލުތަކާއެކު ރާއްޖެއަށް ދެން ދަތުރުކުރާ ދިވެހިންނާއި ވޯކް ވިސާގައި ދަތުރު ކުރާ ފަރާތްތައް ދަތުރުކުރުމުގެ ކުރިން 96 ގަޑިއިރު ނުވާ ޕީސީއާރް ކޮވިޑަށް ނައްސި ޓެސްޓެއް އޮތް ނަމަ ކަރަންޓީނު ވާކަށް ދެން ނުޖެހޭނެއެވެ.
ނަމަވެސް ރާއްޖެ އައިސް ރަށް ރަށަށް ދަތުރު ކުރާ ފަރާތްތަކާއި މާލެ ސަރަހައްދަށް އަންނަ ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގެ އިތުރުން ދައުލަތުގެ މީހުން ބަލަހައްޓާ މަރުކަޒުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން 10 ދުވަހަށް ކަރަންޓީނު ވާން ޖެހޭނެއެވެ.
މީގެ އިތުރުން ދިވެހިންނާއި ވޯކް ވިސާ އޮތް ބިދޭސީންނަށް ވެސް މާލެ ސަރަހައްދުން ކުރު މުއްދަތަކަށް ޗުއްޓީ ހޭދަ ކުރުމަށް މިހާރު ދެވޭނެއެވެ. މި ފަރާތްތަކުގެ އަތުގައި ކޮވިޑް ޕީސީއާރު ޓެސްޓުގެ 72 ގަޑިއިރު ނުވާ ނައްސި ނަތީޖާއެއް އޮންނަން ޖެހޭނެއެވެ.
އަދި ހާއްސަ ހުއްދައިގެ ދަށުން ރަށްރަށަށް ކުރު މުއްދަތަކަށް ދާ ފަރާތްތަކަށް ކޮވިޑް ނައްސި ޓެސްޓެއް ނެތް ނަމަވެސް މިހާރު ދަތުރު ކުރެވޭނެއެވެ.
ސަރުކާރުން ރާއްޖެ ތެރޭ ނިކަމެތި ރައްޔިިތުން އަދިވެސް 10 ދުވަހު އަމިއްލަ ހަރަދުގަ ތަނެއް ކުއްޔައް ނަންގާން ހުންނަން ޖެހޭ އުސޫލު. ސަރުކާރުން ތަފާތު ކުރުން ނައްތާލަން ވެއްޖޭނުން